ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައިސާ ދެއްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ މެންބަރުންނަށް ރައީސް މުއިއްޒު ފައިސާ ދެއްވާ ކަމަށާއި އެކަމާ ގުޅިގެން މުލިއާގެ ރެއިޑްކޮށްގެން ފުލުހުން ބަލަން ޖެހޭ ކަމަށެވެ.
މުލިއާގެއިން އެކަން ދޮގުކުރި ނަމަވެސް އެކަން އެގޮތަށް ހިނގާކަން އެނގިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެ ފައިސާ އަކީ ކިހިނެތް ލިބުނު ފައިސާ އެއްކަން ބަލަން ޖެހޭ ކަމަށެވެ. އަދި އެ ފައިސާ އަކީ އިންތިހާބަކާ ދިމާކޮށް ލިބުނު ފައިސާ އެއް ނަމަ އެ ފައިސާ ލިބުނު ގޮތް އިންތިހާބަށް ލިބުނު ފަންޑިންގެ ތަފްސީލްގައި ހުންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެގޮތުން މުސާރަ އާއި ނުބައްދަލު މިންވަރުގެ މުއްސަނދިކަމެއް މީހަކަށް ލިބޭނަމަ އެއީ އެމްއެމްއޭ އާއި ކަމާ ގުޅުން ހުރި އިދާރާތަކުގެ ސަމާލުކަމަށް އަންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މުލިއާގެއިން ދޮގުކުރިއަސް އެކަން އެގޮތަށް ހިނގާ. އެ މައުލޫމާތު އަޅުގަނޑަށް ލިބިފައިވޭ. މުލިއާގޭގައި ހުރީތޯ މިހާރު ލާރިއަޅާ ގަސްތަކެއް. އަޅުގަނޑުވެސް އުޅުނު ތަނެކޭ އެއީ. މުސާރަ އާއި ނުބައްދަލު މިންވަރުގެ ފައިސާއެއް ގެންގުޅޭ ނަމަ އެކަން އެއީ ބަލަން ޖެހޭ މައްސަލައެއް. ބެންކުން މި ފައިސާ ނަގައިފި ނަމަ އެމްއެމްއޭގެ ހުރިހާ ރަތް ބޮކި ދިއްލެން ޖެހޭ. ތި ހުންނަނީ ވަރުގަދަ މައްސަލަތައް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ރާއްޖޭގެ މާލީ ހާލަތު އޮތްގޮތް ސަރުކާރުން ރައްޔިތުންނަށް ހާމަކޮށް ނުދޭކަމަށާއި ހާލަތަށް ބެލުމެއްނެތި ހަރަދުތައް ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގައުމު މިހާ ހާލުގަ އޮއްވާ ހުވާ ކުރުމުގެ ރަސްމިއްޔާތަށް 26 މިލިއަން، މުލިއާގެ މަރާމާތަށް 21 މިލިއަން، ހިލާލީގެ މަރާމާތަށް 15 މިލިއަން ހަރަދު ކުރައްވަން ޖެހޭތޯ ޔާމީން ވަނީ ސުވާލު އުފައްދަވާފަ އެވެ.
މުލިއާގޭގެ ފައިސާ ގަސް ދަރިމައިވާންފެށި މި ދައުރުގައި