ޒައިދު ޚާންއާއި އަމްރިތާ ރާއޯއަކީ 2004 ވަނަ އަހަރު ނުކުތް ފިލްމު "މޭ ހޫން ނާ"އިން އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ދެ ތަރިންނެވެ.

އެ ފިލްމަށް ލިބުނު ބޮޑު ކާމިޔާބަށްފަހު އެ ދެތަރިން ވެސް ވަނީ ބޮލީވުޑްގެ މަސައްކަތްތަކާ ދުރުވެލާފަ އެވެ. އެހެން ނަމަވެސް 21 އަހަރަށްފަހު ބެލުންތެރިންނަށް މިވަނީ އެދެތަރިން އެކުގައި އަލުން ފެނުމުގެ ފުރުސަތު ލިބިފަ އެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ފެނިގެންދަނީ ޒައިދުއާއި އަމްރިތާ ޝޫޓިންއެއްގައި މަސައްކަތް ކުރަމުން އަންނަ މަންޒަރެވެ.

އެ ދެތަރިން އެކުގައި މަސައްކަތްކުރާ ޕްރޮޖެކްޓްގެ މާބޮޑު ތަފްސީލެއް އަދި އެނގިފައި ނުވާއިރު ބެލުންތެރިންގެ މެދުގައި ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

https://www.instagram.com/reel/C9R3Gt3qaKT/?utm_source=ig_embed&ig_rid=d0b6f5a4-53a7-4dfc-9dc2-7e00d509c3ab

މި ވީޑިއޯއާއެކު އެ ދެތަރިންނަށް ސަޕޯޓުކުރާ ގިނަ ބަޔަކު އަންނަނީ އަހަރުތަކަކަށްފަހު އެމީހުން އެކުގައި ފެނުމުން އުފާ ފާޅު ކުރަމުންނެވެ.

ޒައިދުއާއި އަމްރިތާ އެންމެ ފަހުން އެކުގައި ފެނުނު "މޭ ހޫން ނާ"އަށް ގިނަ އެވޯޑުތަކެއް ވެސް ލިބިފައިވެ އެވެ. އެ މީހުންނާއެކު ދެން އެ ފިލްމުގައި ފެނިގެން ދިޔައީ ޝާހްރުކް ޚާކް އާއި ސުޝްމިތާ ސެން އެވެ.