ކޯޓުގައި ކުރިއަށް ދިޔަ މައްސައަކުން ހޮލީވުޑްގެ އެކްޓަރު އެލެކް ބެލްޑްވިންއަށް ލިބޭނެ ކަމަށް ބެލެވުނު ކޯޓު ހުކުމް ނުލިބި ސަލާމަތް ވުމަށްފަހު އޭނާގެ ބަޔާނެއް އާއްމުކޮށްފި އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް އެލެކް ބުނެފައިވަނީ ގާނޫނީ ގޮންޖެހުންތަކުގެ ތެރެއިން އޭނާއަށް އެހީތެރިވެ ދިން މީހުން ގުނާ އަދަދު ނުކުރެވޭނެ ކަމަށެވެ.

"ވަރަށް ގިނަ ބައެއްގެ ހިތްވަރާއި އެހީތެރިކަން އަހަންނަށް ލިބުނު. އެ އެންމެންނަށް އަހަރެންގެ ހިތުގެ އަޑިން ޝުކުރު އަދާކުރަން" އެލެކް ބުނެފައިވެ އެވެ.

https://www.instagram.com/p/C9XmVoDJyMO/?utm_source=ig_embed&ig_rid=88fa7726-b49a-4ded-a1c6-0bcab8114372

އެލެކްއާ ދެކޮޅަށް ކޯޓުގައި ކުރިއަށް ދިޔައީ 2019 ވަނަ އަހަރު ކުރިއަށްދިޔަ "ރަސްޓް" ފިލްމުގެ ތެރޭގައި އޭނާ މީހަކު މަރާލި ކަމުގެ މައްސަލަ އެވެ. ކަން ވީ ގޮތަކީ ޝޫޓް ކުރަމުން ދިޔަ މަންޒަރެއްގައި އެލެކް ބޭނުންކުރި ބަޑިއަކުން ވަޒަން އަރައި ކްރޫގެ ޓެކްނީޝަނަކު މަރުވީ އެވެ.

މި މައްސަލާގައި އެލެކްގެ ވަކީލުން ބުނެފައިވަނީ އެ ބަޑު އޭނާއަށް ދިނީ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ކަމަށާއި އޭގައި އަސްލު ވަޒަން ހުރިކަން އޭނާއަށް ނޭނގޭ ކަމަށެވެ.

މި އަސާސަށް ބަލައި ނިއު މެކްސިކޯގެ ކޯޓުގައި މައްސަލަ ބެލި ގާޒީ ވަނީ ދެވަނަ ފަހަރަށް އެ މައްސަލަ ކޯޓުން ބޭރު ކޮށްލާފަ އެވެ.