މިދިޔަ އާދިއްތަ ދުވަހު އޮތް ޔޫރޯގެ ފައިނަލްގައި ސްޕެއިން މެޗު ކާމިޔާބު ކުރުމުގެ ކުރިން އިންގްލެންޑްގެ ނަމާއި ޔޫރޯގެ ތަށީގެ ކުރެހުމެއްގެ ޓެޓޫ ޖެހި މީހަކަށް ލަނޑެއް ބޮޑު ލިބިއްޖެ އެވެ.

އުމުރުން 29 އަހަރުގެ އިނގިރޭސިވިލާތުގެ މީހެއް ކަމަށްވާ ޑޭން ތޯމަސްގެ ފައިގައި މި ޓެޓޫ ޖަހާފާ ވަނީ އިންގްލެންޑަށް ތަށި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަމުގަ އެވެ. އޭނާ މި ޓެޓޫ ޖެހީ ފައިނަލް ކުޅުމުގެ ދެތިން ދުވަސް ކުރިންނެވެ. ނަމަވެސް އިންގްލެންޑަށް ވަނީ މުބާރާތުގައި ވިދިވިގެން ދެވަނަ ފަހަަރަށް ފައިނަލްގައި ނާކާމިޔާބުވެފަ އެވެ.

ޓެޓޫ ޖަހައިގެން ލަނޑު ލިބުނު މީހާ ޑޭން ތޯމަސް

މި ނާކާމިޔާބާއި އެކު ޑޭން އަދިވެސް ހުރީ އުންމީދުގަ އެވެ. އެގޮތުން 2028 ގެ ޔޫރޯ އިންގްލެންޑުން ކާމިޔާބު ކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި މިއާއެކު ޓެޓޫގެ ތާރީހު 2028 އަށް ބަދަލުކޮށްލާނީ ކަމަށެވެ.

އޭގެ އިތުރުން އިންގްލެންޑް ކުޅުނީ ވަރަށް ރަނގަޅަށް ކަމަށާއި އަދި ތައްޓެއް ލިބޭނެ ކަމުގެ އުންމީދު އަދިވެސް އެބަ އޮތް ކަމަށް އޭނާ ބުނެފައިވެ އެވެ.