މީގެ ކުރިން ނެތި ހިނގައިދާނެ ކަމަށް ބެލެވުނު ރާއްޖޭގެ 1000 އެއްހާ ރަށުގެ ސައިޒު މިހާރު ދަނީ ބޮޑުވަމުން ކަމަށް ސައިސްވެރިން ބުނެފި އެވެ.

ސައިންސްވެރިން ކުރިން ލަފާކުރީ ދުނިޔެ ހޫނުވަމުން އަންނަ ވަރަކަށް އައިސްތައް ވިރި ކަނޑުތައް އުފުލުމުން ރާއްޖޭގެ ކުދި ރަށްތައް އަޑިއަށްދާނެ ކަމަށެވެ.

އެ ހަގީގަތް މިހާރު ފެންނަނީ ތަފާތު ގޮތަކަށެވެ. ރިޕޯޓްތައް ބުނާ ގޮތުން، ސައިންސްވެރިން އެތައް ޒަމާނެއް ވަންދެން އޭރިއަލް ފޮޓޯތަކާއި ސެޓެލައިޓް ފޮޓޯތައް އެނަލައިޒް ކުރިއިރު، އެ މީހުންނަށް ފެނުނީ ޝައުގުވެރިކުރުވަނިވި ޓްރެންޑެކެވެ. ގިނަ ރަށްތައް ކުރިން ވެސް ހުރި ވަރަށް ހުރެ، އަދި ބައެއް ރަށްތަކުގެ ސަރަހައްދު ބޮޑުވެ އިތުރުވެފައިވެ އެވެ. މިކަމާ ގުޅޭ ގޮތުން ކުރި ހާއްސަ ދިރާސާގައި އިސްކޮށް އުޅުއްވި ޕޯލް ކެންޗް ވިދާޅުވީ މިކަމުގެ ސަބަބުން މުސްތަގުބަލަށް އުއްމީދުތަކެއް ލިބިގެން ދިޔަ ކަމަށެވެ.

މިހެން މިކަން ދިމާވުމުގެ ސިއްރަކީ ރާޅުތަކާއި ރާޅުތަކުގެ ބާރު ކަމަށް ސައިންސްވެރިން ބުނެ އެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއެކު ރާޅުތައް އިތުރު ވެއްޔާއި ސެޑިމެންޓް ގޮނޑުދޮށަށް ގެންގޮސް، ގިރަމުން ދިޔަ ސަރަހައްދުތައް އަލުން ފުރުވާލީ އެވެ. ރަށްރަށުގެ ބައްޓަމާއި ސަރަހައްދަށް ބަދަލު އައިނަމަވެސް ސައިޒުން ކުޑައެއް ނުވެ އެވެ.

ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި އައިސް ކެޕްތައް ގިރުމުގެ ސަބަބުން މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު ވެސް، މިރަށްރަށް ވަނީ އެގޮތުގައި ދެމެހެއްޓިފަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ ރަށްތަކެއް ހަމައަކަށް އެޅުމުގެ އިތުރުން ފުޅާވެފައި ވަނީ އެ ރަށްތައް ނެތިގެން ހިނގައިދާނެ ކަމަށް ކުރިން ގަބޫލުކުރި ގޮތާ ހިލާފަށެވެ.

މި ރަށްތަކަށް އައި ބަދަލުން ދައްކުވައި ދެނީ ތިމާވެށި ރައްކާތެރިކުރުމަށް ސްޓްރެޓެޖީތައް އަލުން މުރާޖައާކޮށް، ގުދުރަތީ އެޑެޕްޓިވް ޕްރޮސެސްތައް ހިމަނައިގެން، ގުދުރަތީ މާހައުލުތައް ހަރުދަނާގޮތެއްގައި ހިމާޔަތްކޮށް ބެލެހެއްޓުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެވެ.