ޖުލައި 8 ވަނަ ދުވަހު ހުޅުމާލެ ފޭސް އެކެއްގައި ޒުވާނަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރު ކުރި 22 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރު ކުރީ ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުން ކަމަށެވެ.
ހަމަލާ ދިނުމުގެ ސަބަބުން ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ މ. ރަތްމަންދޫއަށް ނިސްބަތްވާ އަހުމަދު ނަޒީފް، 26 އަށެވެ.
އޭނާއަށް ދީފައިވާ ޒަހަމްތަކުގެ ފޮޓޯތައް ސޯޝަލް މީޑިޔާގައި ދައުރުވަމުން އަންނައިރު ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ބޮލުގެ ފުއްކިބައަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އަދި އެއް ލޯ ވެސް ވަރަށް ބޮޑަށް ދުޅަވެފައިވާއިރު ތުންފަތް ވެސް ވަނީ ފަޅާލައިފަ އެވެ.
ވޯލްޑް ކަޕް: ގަދަ ހޫނާއެކު އެންމެންނަށް ބޮޑު ގޮންޖެހުމެއް!
ސެޓުގައި މީހަކު މަރުވުމުން 40 ލައްކަ ރުޕީސްގެ ބަދަލު ދީފި
ސްމާޓް ފޯނުގެ ސަބަބުން ދަރިމައިވުމުގެ މައްސަލަތައް އިތުރުވަނީ!