އެތައް ދިވެހިންނެއް ހައްޖަން ގެންދިއުމުގެ ހިދުމަތް ދިން އަތަމާ ހައްޖު ގްރޫޕުގެ ވެރިޔާ އަދި ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުއްލަތީފް ހުސެން (އަތަމާ އަބްދުއްލަތީފް) މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުފުުޅުން 94 އަހަރުގައި އަބްދުއްލަތީފް އަވަހާރަވީ މިއަދު މެންދުރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ނަވާރަ ސަތޭކަ ނުވަދިހަ އެއްވަނަ އަހަރު ޖަމާއަތަށް ފައިދާހުރި ހާއްސަ ހިދުމަތުގެ ދާއިރާއިން ގައުމީ އިނާމު ލިބިވަޑައިގެންނެވި އަބްދުލްލަތީފަކީ ދިވެހިން ހައްޖަށް ގެންދިއުމުގެ މަސައްކަތް ވަރަށް ގިނަ ދުވަހު ކުރެއްވި ބޭފުޅެކެވެ. އެގޮތުން 1980 އިން ފެށިގެން 2000 ގެ ކުރީ ކޮޅާ ހަމައަށް އޭނާ މި ހިދުމަތް ކުރެއްވި އެވެ.

އަބްދުއްލަތީފް އެންމެ ފުރަތަމަ އަމިއްލަ ވިޔަފާރިއެއް ފެއްޓެވީ ހާޑްވެއާގެ ސާމާނު ވިއްކެވުމުންނެވެ. އެއަށް ފަހު ހައްޖަށް މީހުން ގެންދިއުމާއި ޓޫރިޒަމްގެ ވިޔަފާރި ވެސް ކުރެއްވި އެވެ.