މަޝްހޫރު އިނގިރޭސި ރެޕް އާޓިސްޓެއް ކަމަށްވާ ކާޑިބީ، އޭނާގެ ތިންވަނަ ދަރިފުޅަށް ބަލިވެ އިނދެ ފިރިމީހާ އޮފްސެޓްގެ ކައިރިން ވަރިވާން ހުށައަޅާފައިވާކަން މީޑިއާއަށް ޔަގީން ވެއްޖެ އެވެ.

އެ ދެމީހުންނާ ވަރަށް ގާތް ފަރާތަކުން މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި ކާޑިބީ އިނީ އޭނާގެ ތިންވަނަ ދަރިފުޅަށް ބަލިވެ އެވެ. އެ ހާލަތުގައި ކައިވެނި ރޫޅާލަން ވެސް ނިންމާފައިވާ ކަމަށް އެ ފަރާތުން ބުނެ އެވެ.

ކާޑިބީއާއި އޮފްސެޓްގެ ދެމެދުގައި މައްސަލަ ޖެހިގެން އުޅޭކަން އެންމެ ފުރަތަމަ މީޑިއާއަށް ތިލަވެފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެފަހަރު ވެސް އެ ދެމީހުން ވަރިވާން ހުށައެޅި ނަމަވެސް ފަހުން ވަނީ އެ ހުށައެޅުން އަނބުރާ ގެންގޮސް ދިރިއުޅުމަށް ދެވަނަ ފުރުސަތެއް ދޭން ނިންމާފަ އެވެ.

https://www.instagram.com/p/C-IkdrYuz-B/?utm_source=ig_embed&ig_rid=6083503c-8053-41ef-8234-63c1f44927b4

އެހެން ނަމަވެސް އޭގެ ހަތަރު އަހަރު ފަހުން އެ ދެމަފިރިންގެ މެދުގައި ޖެހިފައިވާ މައްސަލަތައް އިތުރަށް ގޯސްވެ އެންމެފަހުން ކާޑިބީ ވަނީ ވަރިވާން ނިންމާފަ އެވެ.

ބުނެވޭ ގޮތުގައި އެ ދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލައަކީ ކައިވެނީގެ މަތީގައި ހުރެ އޮފްސެޓް އެހެން އަންހެނަކާ ގުޅުން ހިންގައި ކާޑިބީއަށް ބޭވަފާތެރިވުމެވެ.

2017 ވަނަ އަހަރު ކައިވެނިކުރި ކާޑިބީއާއި އޮފްސެޓްގެ ކައިވެންޏަށް މީގެ ކުރިން ދެ ދަރިން ލިބިފައިވެ އެވެ. އެއީ ކަލްޗާއާއި ވޭވް އެވެ.

ކާޑިބީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް މާބަނޑުވެ އިންކަމާއި ކައިވެނި ރޫޅުނުކަން އާއްމުކޮށް އިއުލާން ކުރި ނަމަވެސް އޮފްސެޓްގެ ބަހެއް އަދި މިހާތަނަށް އާއްމުވެފައެއް ނުވެ އެވެ.