ހިޓާޗީ ބްރޭންޑްގެ އެއާކޮންޑިޝަނާގެ ޚާއްސަ "ފިނިފިނި ހިޓާޗީ" ޕްރޮމޯޝަން އެސްޓީއޯއިން ފަށައިފި އެވެ.
އެސްޓީއޯ އިން ބުނީ ހޯމް އިމްރޫވްމެންޓް، އެސްޓީ އޯ ވިލިމާލެ ފިހާރަ، އަދި އެސްޓީ އޯ ހުޅުމާލެ ފިހާރައިގައި ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން ގަންނަ 24،000 ބީޓީޔޫގެ ކޮންމެ އެއާ ކޮންޑިޝަނަރަކަށް 12،000 ބީޓީޔޫގެ އެއާކޮންޑިޝަނަރެއް ހިލޭ ލިބޭނެ ކަމަށެވެ. އަދި 18،000 ބީޓީޔޫގެ ކޮންމެ އެއާ ކޮންޑިޝަނަރަކަށް 9،000 ބީޓީޔޫގެ އެއާކޮންޑިޝަނަރެއް ހިލޭ ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މާޗް މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކުރިޔަށްގެންދާ ޕްރޮމޯޝަންގައި ބޮޑެތި ޑިސްކައުންޓްގެ އިތުރުން އަގުހުރި އިނާމުތަކެއް ދޭން އެސްޓީއޯ އިން ނިންމާފައިވެ އެވެ. އެގޮތުން ކޮންމެ 1،000 ރުފިޔާއަކަށް ކޫޕަނެއް ލިބޭއިރު ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ޓީވީ އަދި ދޮންނަ މެޝިން ދޭން ނިންމާފައިވެ އެވެ. މީގެ އިތުރުން ބައްލަވައިގަންނަވާ ކޮންމެ އޭސީއަކާއެކު ވަގުތުން ލިބޭ އިނާމުތަކުގެ ތެރޭގައި، ރައިސް ކުކަރު، އަވަން، އިސްތިރީގެ އިތުރުން ފަނަރަ ސަތޭކެ ރުފިޔާގެ ގިފްޓް ވައުޗަރު ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"ބޮޑު އީދަށް ރިސޯޓަށް" ފުރަތަމަ ނަސީބުވެރިޔާ އިއުލާންކޮށްފި
18 ކޭސް ދުންފަތާއި 75 ސިނގިރޭޓު ކާޓޫން އަތުލައިގެންފި
ޑާކްރެއިންގެ އީދު ހަދިޔާ: "އަލްވަދާއު" ވީޑިއޯ ކްލަބަށް!