މާލެއިން 152 ކޭސްއާ އެކު މިއަދު ޖުމްލަ 186 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އަތޮޅުތެރެއިން 23 މީހަކު، ރިސޯޓްތަކުން ޖުމްލަ 10 މީހަކު އަދި ސަފާރީއަކުން އެކަކު ޕޮޒިޓިވްވެފައިވެ އެވެ.
މިއަދުގެ 186 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 19،979 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،567 ގައި މިހާރު ހުރިއިރު 17،343 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ތިން މީހަކަށް ފަރުވާ އަންނަނީ ފަރުވާ ދެމުންނެވެ.
މިހާތަނަށް މި ބަލީގައި 62 މީހަކު ވަނީ މަރުވެފަ އެވެ.

ރަޝީދު މިސްކިތުގެ ބިއްލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ
ރޯދަ މަލާފަތް: ދިވެހި ރަހަތައް އެކުލެވޭ ބަނބުކެޔޮ ބޮނގަރަ
ރަމަޟާން 2026: ފަހު ދިހައިގެ އަޅުކަމަށް ތައްޔާރުތަ؟
