މާވެލް ކެރެކްޓާ "ޑެޑްޕޫލް" ގެ ކޮސްޓިއުމެއް ލައިގެން އުޅުނު މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހައްޔަރުކޮށްފި އެވެ.
"ޑެޑްޕޫލް" ކޮސްޓިއުމުގައި ހުރި މީހަކު އެއާޕޯޓުން ފުލުހުން ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި އެވެ. އަދި އެމީހާ ހުއްޓުވައިގެން ފުލުހުން އޭނައާ މުއާމަލާތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުން ބުނީ އެއީ ކާކުތޯ ބެލުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ޑެޑްޕޫލް ކޮސްޓިއުމެއް ލައިގެން މީހަކު ވީއައިއޭގައި އުޅެފައި މިވަނީ އެ ކެރެކްޓާގެ އެންމެ ފަހުގެ ފިލްމު "ޑެޑްޕޫލް އެންޑް ވޮލްވަރިން" ނުކުތްތާ ދުވަސްކޮޅެއް ފަހުންނެވެ. ޖުލައި 25، ގައި ޕްރިމިއާ ކުރި މާވެލްގެ މި ފިލްމު މިހާރު ވެސް ސިނަމާ ތަކުގައި ދަނީ އަޅުވަމުންނެވެ.
ރާއްޖޭގައި ވެސް މާވެލްގެ ފިލްމުތަކަށް ބޮޑު ތަރުހީބެއް އޮވެ އެވެ.
ޖެނިފާ އެންމެ ބިރުގަންނަނީ ކީއްކުރަން ކަން އެނގޭތަ؟
53 ކުންފުންޏަކަށް ބަހާލި މަޝްރޫއުތަކުގެ އަގު 2.7 ބިލިއަނަށް
ބީއެމްއެލްގެ އެހީތެރިކަމާ އެކު ވަރަ އެކްސްޕޯ ފަށައިފި