އަވައްޓެރި ލަންކާގެ ގާނޫނުހަދާ މަޖިލީހުގެ ދެ މެމްބަރަކު، އެ ގައުމުގެ ޓީވީ ޗެނަލެއްގައި ކުރިއަށްދިޔަ ބަހުސްއެއްގައި އެކަކު އަނެކަކު ގަޔަށް އަތްލާ މާރާމާރީ ހިންގައިފި އެވެ.

މާރާމާރީ ހިންގާފައިވަނީ އެ ގައުމުގެ ޓެމިލް ޕްރޮގްރެސިވް އެލަޔަންސް (ޓީޕީއޭ) ޕާޓީއަށް ނިސްބަތްވާ ދެ މެންބަރުން ކަމަށްވާ ޕަލަނީ ދިގަމްބަރަމް އާއި ވީލު ކުމާރު އެވެ.

ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި ދެ މެމްބަރުން ވަރުގަދަ ބަހުގެ ހަމަލާތަކަކަށްފަހު، ޕްރޮގްރާމުގެ ތެރެއިން ހަމަނުޖެހުންތަކެއް ހިންގަ އެވެ. ދެ މެންބަރުން ގަޔަށް އަތްލާ މާރީމާރީ ހިންގަން ފެށުމުން ޓީވީގެ މުވައްޒަފުން ވަނީ އެމީހުން ދުރުކޮށް ހުއްޓުވައިފަ އެވެ.

https://youtu.be/paJbc1IVdEg

ޓީޕީއޭގެ މެމްބަރު ވީލު ކުމާރު ދާދި ފަހުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ރަނިލް ވިކްރަމަސިންހަ އަށް ތާއީދު ކުރާކަން ހާމަކޮށްފަ އެވެ. ނަމަވެސް މެންބަރު ޕަލަނީ ދިގަމްބަރަމް އާއި ޓީޕީއޭގެ ލީޑަރު މަނޯ ގަނޭޝަން ވަނީ އިންތިހާބުގައި އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސައަށް ތާއީދު ކޮށްފަ އެވެ.

ލަންކާގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.