ޕްރެޝަންގެ ސަބަބުން މީހާގެ ނަފްސާނީ ސިއްހަތަށް ކުރާ އަސަރު އެންމެންނަށް ވެސް އެނގެ އެވެ. ނޭނގޭ ކަމަކީ މިއީ ނަފްސާނީ ސިއްހަތުގެ އިތުރުން ޖިސްމާނީ ސިއްހަތަށް ވެސް އަސަރު ކުރުވާ ކަމެއް ކަމެވެ.

ހިތާމައިގެ ސަބަބުން "ހިތް ހަލާކުވާ" ވާހަކަ އަޑު އަހާފައި އޮވެދާނެ އެވެ. ސްޓްރެސް ހޯމޯންސްގެ ސަބަބުން ހިތުގެ ހިނގުމަށް ވެސް ނޭދެވޭ އަސަރުކުރާކަން މިހާރު ވަނީ ދިރާސާތަކުން ސާބިތުވެފަ އެވެ.

ޑިޕްރެޝަންގެ ސަބަބުން މީހާގެ ހަނދާން ބަލިކޮށްލަ އެވެ. ސްޓްރެސް ހޯމޯންސްތައް ހަށިގަނޑަށް ބާރުގަދަވެ ސިކުނޑީގެ މަސައްކަތަށް ބުރޫ އަރަ އެވެ.

ޑިޕްރެޝަންގެ ސަބަބުން ބަރުދަން އިތުރުވުމަށް މަގުފަހިކޮށްދެ އެވެ. ސަބަބަކީ ސްޓްރެސް ވުމުން ދިފާއީ ނިޒާމުގެ ބާރުދަށްވެ ކާހިތްވުން އިތުރުކޮށްދޭތީ އެވެ. ހާއްސަކޮށް ފޮނި ނުވަތަ ފެޓްސް ހިމެނޭ އެއްޗެހި ކާ ހިތްވުން އިތުުރުވެ އެވެ.

ކާހިތް ވުމުގެ އިތުރުން ދިފާއީ ނިޒާމުގެ ބާރުދަށްވުމުން އަވަހަށް ބަލިވާގޮތް ވެސް މެދުވެރިވެ އެވެ. މާގިނައިން ރުއިމުން ނުވަތަ ކަންކަމާއި މާ ބޮޑަށް ވިސްނުމުން މިހެން ދިމާވުމަށް މެދުވެރިވެ އެވެ.

އެހެން ކަމުން ޑިޕްރެޝަންގެ ހާލަތްތަކުގައި އެކަނިވުމުގެ ބަދަލުގައި ތިމާއަށް އިތުބާރުކުރެވޭ ތިމާއާއި އެންމެ ގާތް ފަރާތަކާ ހިއްސާކޮށްލާށެވެ. ނުވަތަ ރައްޓެހިންނާ އެކު ވަގުތު ހޭދަކޮށް ހިތްހަމަޖެހޭފަދަ ކަމެއްގައި މަސްއުލުވާށެވެ.