ފައިސާގެ މުއާމަލާތް ކުރުމަށް ދުނިޔޭގައި މަޝްހޫރު ޕޭމަންޓް ސިސްޓަމް "ޕޭޕަލް" ރާއްޖެއަށް ތައާރަފު ކުރުމަށް ސަރުކާރުގެ ޕްރޮޕޯޒަލް އެ ކުންފުންޏަށް ހުށަހަޅައިފި އެވެ.
މިކަން ހާމަކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ސައީދު ވިދާޅުވީ ޕޭޕަލްއަށް ޕްރޮޕޯޒަލް ހުށަހެޅީ މީގެ ތިން ދުވަސް ކުރިން ކަމަށެވެ. މިއާއެކު ޕޭޕަލްއާއެކު ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕޭޕަލް އަށް ދިވެހި ސަރުކާރުން ޕްރޮޕޯޒަލް ހުށަހަޅާފައިވާއިރު ޕޭޕަލް ގެންނައުމަށްހުރި ދަތިތައް ހައްލުކުރުމަށް މިނިސްޓަރު ސައީދު ވަނީ އެ ކުންފުނީގެ އިސްވެރިންނާ މިދިޔަ މަހު މަޝްވަރާ ކުރައްވައިފަ އެވެ.
ޕޭޕަލް ޕޭމަންޓް ސިސްޓަމް ރާއްޖެއަށް ތައާރަފުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ޕާކިސްތާނުން ހަނގުރާމަ އިއުލާންކޮށް އަފްޣާނިސްތާނަށް ހަމަލާތަކެއް
ރޯދަ ސިއްހަތު: ކަދުރުގެ ސިއްހީ އަޖާއިބުތައް!
ގުރުއާން ހިތުދަސް 50 ހާފިޒަކަށް އާދީއްތަ ދުވަހު އެވޯޑު ދެނީ