ޓައިވާނުގެ މި ވޯކްޝޮފަކީ ތަފާތު ހިދުމަތެއް ފޯރުކޮށްދޭ ވިޔަފާރިއެކެވެ. މި ވޯކްޝޮފުގައި އުކާލާ ޕްލާސްޓިކް، ފުޑް ޕެކޭޖިން، ކުޅޭ ތަކެތީގެ ބައިބައި ފަދަ އައިޓަމްތައް ބޭނުންކޮށްގެން ރީސައިކަލްޑް އަވިއައިނެއް ހެދުމުގެ ހިދުމަތްދެ އެވެ.

މި ތަނުގައި ކަސްޓަމަރުން އަންނަން ޖެހޭނީ ވެސް ޕްރޮޑަކްޓްތައް ހިިފައިގެންނެވެ. "ޓްރޭޝް ކިޗަން" މުވައްޒަފުންގެ އެހީތެރިކަމާއެކު ދެ ގަޑިއިރު ތެރޭގައި އަވިއައިނެއް އަމިއްލައަށް ހެދުމުގެ ފުރުސަތު މި ތަނުން ލިބޭނެ އެވެ.

."ޓްރޭޝް ކިޗަންގައި އަޅުގަނޑުމެން ކޮށްދޭ ކަމަކީ ސެކަންޑަރީ ޕޮލިއުޝަން އާ ނުލައި ސީދާ ތިޔަބޭފުޅުންގެ ކުރިމަތީގައި އަގުހުރި އެއްޗެއް އުފައްދަން،" އާތަރް ހުއާންގް، ވޯކްޝޮޕް ހިންގާ ކުންފުނީގެ ވެރިމީހާ ވަނީ ބުނެފަ އެވެ.

ޓައިވާނުގެ ކުންފުނިން 2017 ވަނަ އަހަރު އުފެއްދި މެޝިނެއް ކަމަށްވާ "މިނީ ޓްރަޝްޕްރެސޯ" ބޭނުންކޮށްގެން ޕްލާސްޓިކާއި އޯގަނިކް ކުނީން ޓައިލްސް، ބްރިކް، ހޭންގަރު އަދި އެހެނިހެން އާންމު ބޭނުންތަކަށް ބޭނުންވާ ތަކެތި ވެސް އުފައްދާ ކަމަށް ހުއާންގް ވިދާޅުވި އެވެ.

މި ވޯކްޝޮޕްގެ ސަބަބުން ،އަލުން ބޭނުންކުރެވޭ ތަކެއްޗަށް އިތުރު ސަމާލުކަމެއް ދިނުމަށް ހިތްވަރު ލިބުނު ކަމަށް ބައިވެރިން ވަނީ ބުނެފަ އެވެ.

."އަހަރެންގެ ދެ ދަރިން އެބަތިއްބެވެ. އެ މީހުންގެ މުސްތަގުބަލާ މެދު ވިސްނަން ޖެހޭ. ކޮންމެ މީހަކަށް ވެސް އެމީހެއްގެ އެންމެ ފުރިހަމަ މަސައްކަތް ކޮށް، ރިސައިކަލްކޮށް ޕްލާސްޓިކް މަދުން ބޭނުންކުރެވިއްޖެ ނަމަ ވަރަށް ބޮޑު ބަދަލެއް އަންނާނެ،" ވޯކްޝޮފްގައި ބައިވެރިވި ވިޔަފާރިވެރިއެއް ކަމަށްވާ ޑެބީ ވޫ ބުންޏެވެ.

ޓައިވާނުގެ ޒީރޯ ވޭސްޓް ވޯކްޝޮޕްގައި ޑެބީ ވޫ ހަދާފައިވާ އަވިއައިނު ދައްކާލަނީ

ޓައިވާނުގެ އެންވަޔަރަމަންޓް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޓައިވާނުން 2023 ވަނަ އަހަރު ރެކޯޑް އަދަދަކަށް 11.58 މިލިއަން މެޓްރިކް ޓަނުގެ ކުނި އުފައްދައިފައިވާއިރު އޭގެ ތެރޭގައި 6.27 މިލިއަން ޓަނުގެ ކުންޏަކީ ރީސައިކަލް ކުރެވޭ ކުނި ކަމަށެވެ.