ތ. އަތޮޅުން ރޭ އެންދަމަން ގޮސް އޮތް ދޯންޏެއްގެ ތެރޭގައި ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ޒަހަމްކޮށްލި ބިދޭސީއަކަށް ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.
އެ މާރާމާރީގައި ޒަހަމްވެގެން ފަރުވާދެމުންދިޔަ މީހާ މަރުވީ މިއަދު 11:59 ގަ އެވެ.
ފުލުހުން ބުނީ އެންދަމަން ތިބި ދޯންޏެއްގައި ދެ ބިދޭސީއަކު ހިންގި މާރާމާރީއެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމުން އޭނާ އަށް ފަރުވާ ދެމުން ގެންދިޔައީ ތ. ވޭމަންޑޫ ހޮސްޕިޓަލަށް ކަމަށެވެ.
ދެ ބިދޭސީއެއްގެ މެދުގައި ހިންގި އެމާރާމާރީގެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ ރޭ ފަތިހު 3:50 ހާއިރު އެވެ. އަދި އެ މާރާމާރީ ހިންގި 42 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ހެނދުނު ބުންޏެވެ.
ދިރާގު ގޭމާސް ގިލްޑްއަށް ސައިން-އަޕް ކޮށްގެން ޕީއެސް5 ޕްރޯއެއް
ޓޭލާއާއި ޓްރެވިސްގެ ކައިވެނިން ބްލޭކް ފެނިދާނެތަ؟