ހދ. ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނު އެ ރަށު ޑޭޒީފެހި، މުހައްމަދު ހަސަން ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިއަދު ވަޅުލަން ނިންމައިފި އެވެ.

ކުޅުދުއްފުށީ އުތުރު ބަނދަރުގެ ފަޅު ތެރޭގައި އޭނާ މަރުވެފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓުކުރީ ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ހެނދުނު 8:30 ހާއިރު އެވެ.

އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން އޭނާގެ ހަށިގަނޑު މިދިޔަ ހަފުތާގައި ބޭރަށް ފޮނުވައިގެން ވަނީ ޕޯސްޓްމޯޓަމް ހަދާފަ އެވެ.

ޕޯސްޓްމޯޓަމަށް ފަހު 36 އަހަރުގެ އެ މީހާގެ ހަށިގަނޑު މިއަދު އަސުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާގައި ވަޅުލުމަށް ވަނީ ނިންމާފަ އެވެ.

މި މައްސަލާގެ ތަހުގީގާ ގުޅޭ މައުލޫމާތު ފުލުހުން މިހާތަނަށް ހާމަކޮށްފައިނުވެ އެވެ.