މަލްޝާއަށް ދީފައިވަނީ އެޗްޑީސީގެ މާކެޓިން ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު. ދެފަރާތް އެއްބަސްވެވޭ ގޮތުގެ މަތިން މުސާރަ ކަނޑައެޅުމަށް ހަމަޖެހިފައިވާ އެ މަަގާމަށް އިއުލާންކޮށްފައިވަނީ މި މަހުގެ 10 ގައި. މަގާމަށް ކުރިމަތިލުމަށް އެންމެ ދެ ދުވަސް ދީފައިވާ އެ އިއުލާނަކީ މަލްޝާއަށް ހާއްސަކޮށްގެން ކޮށްފައިވާ އިއުލާނެއް. އެޗްޑީސީން މަލްސާއަށް ބޮޑު މުސާރައާއެކު ވަޒީފާދިން އިރު އޭނާ އަންނަނީ ޕީއެންސީ ހުޅުމާލެ އުތުރު ދާއިރާގެ ނައިބު ރައީސަކަށް ކެމްޕޭން ކުރަމުން.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކުރުމުން ޔޫތު ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ސަސްޕެންޑްކޮށްފައި ހުރި މަލްޝާ ޝަރީފު އަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 33،000 ރުފިޔާގެ މުސާރަ ލިބޭ ވަޒީފާއެއް ހަމަޖައްސައިފި އެވެ.

ޔޫތުު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުރެގެން މޯދީއަށް މަލާމާތްކުރުމާ ގުޅިގެން މަލްޝާގެ އިތުރުން، އިތުރު ދެ ޑެޕިއުޓީ މިނިސްޓަރަކު ވެސް ސަސްޕެންޑް ކުރި އެވެ. ޖެނުއަރީ މަހުން ފެށިގެން ސަސްޕެންޝަންގައި ބޮޑު މުސާރަ ލިބޭ ގޮތަށް 8 މަސް ދުވަހު ގޭގައި ބޭތިއްބުމަށްފަހު މަލްޝާ އާއި ޝިއުނާ މަގާމުން އިސްތިއުފާދިނީ ވަނީ މިދިޔަ އޮގަސްޓް މަހު އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުން މަލްޝާއަށް ދީފައިވަނީ އެޗްޑީސީގެ މާކެޓިން ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމެވެ. ދެފަރާތް އެއްބަސްވެވޭގޮތުގެ މަތިން މުސާރަ ކަނޑައެޅުމަށް ހަމަޖެހިފައިވާ އެ މަަގާމަށް އިއުލާންކޮށްފައިވަނީ މި މަހުގެ 10 ގަ އެވެ. މަގާމަށް ކުރިމަތިލުމަށް އެންމެ ދެ ދުވަސް ދީފައިވާ އެ އިއުލާނަކީ މަލްޝާއަށް ހާއްސަކޮށްގެން ކޮށްފައިވާ އިއުލާނެކެވެ.

މިއަދު މަލްޝާ އެޗްޑީސީގެ ވަޒީފާއަށް ނުކުމެފައިވާއިރު، ގިނަ ބަޔަކު ދަނީ ރައީސް މުހައްމަދު މުއިއްޒުއާ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

އެޗްޑީސީން މަލްސާއަށް ބޮޑު މުސާރައާއެކު ވަޒީފާދިން އިރު އޭނާ އަންނަނީ ޕީއެންސީ ހުޅުމާލެ އުތުރު ދާއިރާގެ ނައިބު ރައީސަކަށް ކެމްޕޭން ކުރަމުންނެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ހީނަރުވުމާއި ގުޅިގެން ހަރަދުކުޑަކުރެއްވުމަށް ރައީސް ނިންމަވާފައިވާއިރު، އަދިވެސް ގެންދަވަނީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ގާތް މީހުންނަށް ވަޒީފާ ބަހަމުންވެ. މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ސިއްރުކޮށްފައިވާއިރު، ހަރަދު ކުޑަކުރުމުގެ ގޮތުން ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުން ދިޔަ އާދައިގެ މުވައްޒަފުން ކަނޑާ މައްސަލަވަނީ ބޮޑުވެފަ އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން "ހުރިހާ" އިން ފޮނުވި ސުވާލަކަށް އެޗްޑީސީން ދިން ޖަވާބުގައި ވަނީ 17 ނޮވެމްބަރު 2023 އިން ފެށިގެން މިދިޔަ މަހުގެ 8 ގެ ނިޔަލަށް އެ ކުންފުނީގެ އެކި މަގާމުތަކަށް 206 މީހަކު ނަގާފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި 119 މީހަކު އެ ކުންފުނީގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން ޗައިނާ އިން ނެގި ބޮޑެތި ލޯނުތަކެއްގެ ތާށިވެފައިވާ އެޗްޑީސީއަށް މިހާރު ވަނީ މާލީ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފަ އެވެ.