ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް މައްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން އަނެއްކާވެސް ފަސްކޮށްފި އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާ ކުރެއްވި ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ވިލިމާލޭގައި ހުންނަ ސިފައިންގެ އިމާރާތެއްގައި އޭނާގެ ބައްޕަ އިބްރާހިމް ޝާކިރު (މިހާރު ނިޔާވެފައި) ބަހައްޓައި އަދި ބައްޕަގެ ކަންކަން ބަލަހައްޓަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކު ބެހެއްޓި ކަމަށް ބުނެ އެވެ.

ދައުލަތުން ޝިޔާމްގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ.

އެ މައްސަލާގެ ހުކުމް އިއްވުމަށް މިއަދު ހެނދުނު 11:30 އަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފައިވާއިރު, މީގެ ކުރިން ވެސް އެ މައްސަލާގެ ހުކުމް އިއްވަން ތާވަލް ކުރުމަށްފަހު ވަނީ ކެންސަލްކޮށްފަ އެވެ.

ދައުލަތުން ބުނާގޮތުން ސިފައިންގެ އިމާރާތުގައި އެއް އަހަރަށް ވުރެ ދިގު މުއްދަތެއް ވަންދެން އޭނާ ބަހައްޓާފައިވެ އެވެ.