ދަތުރުފަތުރަކީ މިހާރު އަހަރުމެންގެ ދިރިއުޅުމުގެ މުހިއްމު ހިއްސާއަކަށް ވެފައިވާއިރު ދަތުރުފަތުުރު ކުރުމުގައި ގިނަ ކަންތައްތަކަކަށް ވިސްނަންޖެހެ އެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ ދަތުރުކުރަން ރާވާފައިވާ ގައުމެއްގެ ރައްކާތެރިކަމެވެ. މި ލިޔުމުގައި މި ބަލާލަނީ މިވަގުތު ދުނިޔޭގައި ދަތުރު ކުރުން އެންމެ ނުރައްކާތެރި ގައުމުތަކަށެވެ.
ބަންގްލަދޭޝް
ބަންގްލަދޭޝްގެ ސަރުކާރު ބަދަލުވެ ދާޚިލީ މަޝްރަހު ހޫނުވެފައިވާއިރު ދަރިވަރުންތަކެއް އިސްވެ ތިބެ ފަށާފައިވާ މުޒާހަރާތަކުން މުޅި ގައުމުގެ މަސްލަހަތު ވަނީ އެފުށް މިފުށަށް ޖެހިފަ އެވެ.
އިޒްރޭލް
އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ވަރުގަދަވެ ބައެއް އެއާލައިންތަކުން ވަނީ އެގައުމުގެ ވެރިރަށް ތެލް އަވީވްއަށް ކުރާ ދަތުރުތައް ވެސް ހުއްޓާލާފަ އެވެ. އެއާއެކު އެ ގައުމުގެ ވައިގެ ސަރަހައްދުން ދަތުރު ކުރުމުން ވެސް އެއާލައިންތަކުން ދުރުހެލިވެ އެވެ.
ޔޫކްރެއިން
އަވަށްޓެރި ރަޝިއާއާއެކު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންއަށް ދަތުރު ކުރުމަކީ ވެސް އިންތިހާއަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި މިހާރު ބެލެވެ އެވެ. ހާއްސަކޮށް ދެގައުމު ގުޅޭ ބޯޑަރު ސަރަހައްދަށެވެ.
އަފްޣާނިސްތާން
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފައިބާ ތާލިބާނުން ވެރިކަމަށް އިސްވި ފަހުން އަފްޣާނިސްތާނުގެ މަސްރަހު ވެސް ވަނީ ހޫނުވެފަ އެވެ. ނަތީޖާއަކަށްވަނީ އެގައުމަށް ދަތުރުކުރާ ފަތުރުވެރިން މަދުވުމެވެ.
ސީރިއާ
ޓެރަރިޒަމްއާއި ދާހިލީ ހަމަނުޖެހުންތައް ބޮޑުވެ ސީރިއާގައި ދާހިލީ ހަނގުރާމައެއް ކުރިއަށްދާއިރު އެގައުމަކީ ދަތުރު ފަތުރަށް ރައްކާތެރި ގައުމެއް ނޫނެވެ.