މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ އީރާސް ޓުއާ ނިމުން ފާހަގަ ކުރުމުގެ ގޮތުން އޭނާގެ އަމިއްލަ ފޮތެއް ނެރެން ނިންމައިފި އެވެ.

"ގުޑް މޯނިން އެމެރިކާ" ޝޯއަށް ދިން އިންޓަވިއުއެއްގައި ޓޭލާ ބުނީ އޭނާގެ އެ ފޮތަކީ އީރާސް ޓުއާގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ނެރެން ނިންމި ފޮތެއް ކަމަށެވެ.

އެގޮތުން އެ ފޮތުގައި މިދިޔަ އަހަރު ފެށި އީރާސް ޓުއާގެ 100 އަށްވުރެ ގިނަ ޝޯތަކުގެ ތެރެއިން ނަގާފައިވާ 500 އަށްވުރެ ގިނަ ފޮޓޯތައް ހިމެނޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ހަމައެއާއެކު މި ފޮތް ގަންނަ ފަރާތްތަކަށް ޓޭލާގެ އެންމެ ފަހުގެ އަލްބަމް ކަމަށްވާ "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް"ގެ އެކްސްކްލޫސިވް ކޮޕީއެއް ހޯދުމުގެ ފުރުސަތުވެސް އޮންނާނެ އެވެ.

ޓޭލާ ބުނި ގޮތުގައި މި ފޮތަކީ އޭނާގެ ހަޔާތުގައި އެންމެ ފާހަގަކޮށްލެވޭ ޓުއާއަށް "ޓްރިބިއުޓް"އެއް ދިނުމުގެ ގޮތުން ނެރޭ ފޮތެކެވެ. ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން 40 ޑޮލަރަށް އެ ފޮތް ލިބެން ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

އީރާސް ޓުއާއަކީ ޓޭލާގެ ކެރިއަރުގައި އޭނާ ކުރިއަށް ގެންދާ އެންމެ ބޮޑު މިއުޒިކް ޓުއާ އެވެ. އެ ޝޯގެ އެންމެ ފަހު ލެގްގެ ޝޯތައް މިހާރު ވަނީ ފަށާފަ އެވެ.