އާލިއާ ބަޓްގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާއި އޭނާ މަސައްކަތް ކުރަމުންދާ ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ކޮވިޑަށް ޕޮޒިޓިވް ވުމުން އާލިއާ ޖެހުނީ ކަރަންޓީނު ވާށެވެ.
އެއާއެކު އާލިއާގެ ފޭނުން ވަނީ އޭނާގެ ހާލާމެދު ކަންބޮޑުވުން ފާޅުކުރަން ފަށާފަ އެވެ. އަދި ހެޔޮދުއާގެ މެސެޖުތައް ވެސް ދިޔައީ އޮހެމުންނެވެ.
އާލިއާގެ ހާލާ މެދު ކަންބޮޑުވެފައި ތިބި މީހުންނަށް އޭނާ ވަނީ އުފާވެރި ހަބަރެއް ދީފަ އެވެ.
އެއީ އޭނާ ކޮވިޑަށް ޓެސްޓް ކޮށް، ނަތީޖާ ނެގެޓިވް ކަމަށް ލިބުނު ވާހަކަ އެވެ.
އެ ވާހަކަ ހިއްސާކުރަމުން އާލިއާ ވަނީ އޭނާއަށް ހެޔޮދުއާ ފޮނުވި އެންމެނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ރިޕްލައި ނުވިޔަސް ހުރިހާ މެސެޖްތްތައް ކިޔާ ކަމަށް ވެސް ބުނެފައިވެ އެވެ.
ކޮވިޑަށް ނެގެޓިވް ވުމުން އާލިއާ ވަނީ އެނބުރި މަސައްކަތަށް ނުކުމެފަ އެވެ.
އޭނާގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު އެންމެ ފާހަގަ ކުރެވެނީ ސަންޖޭ ލީލާ ބަންސާލީގެ ގަންގޫބާއީ ކަތިއާވަޑި އެވެ. އޭގެ އިތުރުން ވެސް ކުރިއަށް އޭނާގެ ބޮޑެތި ޕްރޮޖެކްޓްތަކެއް ރޭވިފައި އެބަހުއްޓެވެ.
ވޮލީ ކޯޗަކު ކުޅުންތެރިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ
ޖޫލިއާއާއި އެރިކް ދުރުވީ ކީއްވެ؟
އަސްކަރީ ފިޔަވަޅާއެކު އީރާނުގެ މައްސަލައަށް އެމެރިކާއިން ވަންނަނީ
