މާލެއިން 100 ކޭސްއާ އެކު މިއަދު ޖުމްލަ 124 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އަތޮޅުތެރެއިން 13 މީހަކު، ރިސޯޓްތަކުން ޖުމްލަ 11 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
މިއަދުގެ 124 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 21،268 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،502 ގައި މިހާރު ހުރިއިރު 18،695 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.
މިހާތަނަށް މި ބަލީގައި 64 މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑްގެ ކޭސްތައް މާލޭގައި އިތުރުވަމުން ދާތީ އެޗްޕީއޭ އިން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. ފިޔަވަޅުތައް ވަރުގަދަ ކުރިނަމަވެސް އެޗްޕީއޭގެ އެންގުންތަކަށް ގިނަ ބަޔަކު އަމަލު ކުރަމުން ނުދެ އެވެ. އެކަމުގެ ސަބަބުން ކޭސްތައް ދަށްނުވާ ކަމަށް ޑޮކްޓަރުން ފާހަގަކުރެ އެވެ.
ބަންގްލަދޭޝް މީހުންނަށް ރާއްޖެއިން އިތުރު ވަޒީފާއަށް އެދެފި
މަތިންދާ ބޯޓު ނައްޓާލުމާއި ޖެއްސުމުގައި އަލި ފަނޑު ކުރަނީ ކީއްވެ؟
ޑޮލަރުގެ އަގު ބޮޑުވަނީ ހަނގުރާމައާ ހެދިއެއް ނޫން: އަމްރު
