މިސް ޔުނިވާސްގައި ރާއްޖެއިން ބައިވެރިވުން ކުށްވެރިކޮށް އެކަން ހުއްޓާލުމަށް ސަރުކާރުން ގޮވާލައިފި އެވެ.
މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމަންޓް އިންފޮމޭޝަން އެންޑް އާޓްސްއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ދިވެހިންގެ ދީނާއި، ސަގާފަތާ، އަގީދާއާ ނުގުޅޭ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވުމާއި އެފަދަ ކަންކަމުގައި ދިވެހިން ބައިވެރިވުމަކީ ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.
މުބާރާތުގައި ދިވެއްސަކު ބައިވެރިވުމުގައި، ސަރުކާރުގެ ބައިވެރިވުމެއް އޮތްކަމަށް ދޭހަވާ މޭރުމަކުން ހަބަރު ފަތުރަމުން އަންނަ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
އެފަދަ ކަންކަމަކީ ދިވެހިން ގަބޫލުކުރާ އާންމު އަހުލާގީ މިންގަނޑުތަކާއި އުސޫލުތަކާ ވެސް ހިލާފު ކަންކަން ފާހަގަކޮށް، ރާއްޖެ ތަމްސީލުކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ ހަރަކާތަކަށް ދިއުން، ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ.
ސަރުކާރުން މިކަން ކުށްވެރިކޮށްފައިވާއިރު، ބައެއް ދީނީ އިލުމުވެރިންވެސް ދަނީ އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ ރީތީގެ މުބާރާތް، މިސް ޔުނިވާސްގައި ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލުކުރުމަށް ގޮސްފައިވަނީ 21 އަހަރުގެ މޮޑެލްއެއް ކަމަށްވާ މަރިޔަމް ޝައިނާ ނަސީމެވެ.
މި އަހަރުގެ މިސް ޔުނިވާސް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 14 އިން 16 އަށް މެކްސިކޯގަ އެވެ.
މިއަހަރުގެ މިސް ޔުނިވާސް މުބާރާތުގައި 130 ގައުމަކުން ބައިވެރިވެއެވެ. ރާއްޖޭގެ އިތުރުން މި މުބާރާތުގައި އަލަށް ބައިވެރިވާ ގައުމުތަކުގެ ތެރޭގައި، ސޯމާލިއާ، ބެލަރޫސް، އިރާން، އުޒްބަކިސްތާން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނެ އެވެ.
1/4ސަރުކާރުން މިކަން ކުށްވެރިކުރީ އަދުގެ ސަރުކާރަކީ ދުވާލަކު އެއްފަހަރު ކުލަބަދަލު ކުރާ ބޯވައަކަށް ވާތީއެވެ ވާނީވެސް އެހެންތާއެވެ. މާގިނައިން މެކުނު ފުމެންޏާ ބޯވައަށް ހީވާނީ ވަރަށް ގިނަ ކާނާ ލިބޭނެ ހެންނެވެ. އިސްވެ ދިޔަކަންތައް އިސްވެ ކުރިން ކުށްވެރި ނުކޮށް އަދުގާ ކުށްވެރި ކުރާން އުޅެ އެކަމާ ދުވީމާ ވާނީ ބޮޑު މަޖާގަނޑަކަށެވެ. މީސްމީހުން ބިނދޭވަރުގެ ހިނިއަންނަނީ މިހެންވެއެވެ.
1/3 އޭރު ދީނީ އިލްމުވެރިއަކުވެސް މިކަމާ ދޭތެރޭ އެއްޗެއް ބުނި އަޑެއް ނާހަމެވެ. ނޫނީ ބުނި އެއްޗެއް ވައިގައި ނުހިފީ ކަމަށް ވެދާނެއެވެ. އެހެން ނަމަވެސް މިހާރު ދިވެހި ޒުވާނަކު މިކަން ކުރާތީ ކެކި އަރާ ސަބަބުވެސް އެނގެއެވެ. ދީނީ ޢިލްމުވެރިން މެކުނުތަކެއްހެން އަތްއަތަށް ފުމެފުމެފައި އުޅެނީ މިޒުވާނާ ގޮސް މިކިޔާ މުބާރާތެއްގައި ނިވާކަން ކުޑަ "ބިކިނީ" ލައިގެން ގޮސް ދުނިޔޭގެ ލޯތަކުގެ "އިސްކިރީނު" މައްޗަށް ހުއްޓޭނެކަން އެނގޭތީއެވެ...1/4
1/2 ނިވާކަން ކުޑަ ގޮތެއްގައި ހުރެ އެތަކެއް ފޮޓޯއެއް ނަގާދީފައެވެ. އޭގެ ތެރެއިން އެއް ފޮޓޮއެއްގައި ހުރީ ރޯ ބަރަހަނާ ކޮށެވެ. މިދައްކަނީ "ބައިފަޅި" ދިވެއްސެއްގެ ވާހަކައެއް ނޫނެވެ. ސީދާ ދިވެހި ފަސްގަނޑަށް އުފަން ހަތަރު ކަށިމަތި ދިވެހި ލޭހިނގާ ދިވެހި ދެމަފިރިއަކަށް އުފަން ދިވެއްސެއްގެ ވާހަކައެވެ. މިކަމާ ފާޑުކިޔަން ދިވެހިން އަނގަ ހުޅުވާލިއިރު އޮތީ ވަގުތު ފާއިތުވެފައެވެ. އޭރު އޭނާއަކީ މައްޔިތެކެވެ. ގަބުރެކެވެ. މަރުވެފައި އޮތް މައްޔިތަކަށް ކިޔާ ފާޑަކަށް ދެވޭނެ ރައްދެއް ނޯންނާނެތީއެވެ...1/3
އަހަރެން ގާތަށް އަންނަނީ ނުލަފާ ޒާތެއްގެ ހިންޏެކެވެ. ސަބަބަކީ މިކަހަލަ ކަމަކީ ދިވެހީންގެ ތެރޭގައި އަލަށް ކުރި ކަމަކަށް ނުވާތީއެވެ. މީގެ އަހަރުތަކެއް ކުރިން ރައުދާ އާތިފް ނަމަކަށް ކިޔާ ޒުވާން ދިވެހި އަންހެނަކު ހަމަ މިޒާތުގެ ކަންތައްތަކެއް ކުރިއެވެ. އޭރު ދިވެހިންނަކަށް އެނގުމުގެ ކަންފުޅެއްވެސް ނެތެވެ. ހުރިހާކަމެއް ހާމަވެ "ބުޅާ ގޯނިން ބޭރުވީ" އޭނާ ބަންގާޅުގައި ކިޔަވަން ހުއްޓާ ދަންޖެހި މަރުވުމުންނެވެ. އޭރު އޭނާ ދުނިޔޭގެ ނަން މަޝްހޫރު ފެޝަނުގެ މަޖައްލާތަކަށާއި ބުރޭންޑުތަކަށް ހުރީ.... 1/1
އެންމެފުރަތަމަވެސް ޝައިނާ އަށް މުބާރަކްބާދީ ފޮނުވަން. ތިިއިސްނެގުމަކީ ރާއްޖޭގައި ދެންވެސް ތިފަދަ މުބާރާތްތަކަށް ދާހިތުން ތިބިކުދިންނަށް ލިބިދޭ ވަރަށްބޮޑު ހިތްވަރެއް. އެކިފަންނުތަކުގައި ގައުމުގެ ޒުވާނުން ކުރިއަރައިދިޔުމަކީ ގައުމަށްލިބޭނޭ މަންފާއެއް އަދި މިފަދަ ޒުވާނުނަށް ހިތްވަރުދީ ކަންކަމަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ކަމާގުޅޭ މިނިސްޓްރީތަކުގެ ޒިންމާއެއް. ޝައިނާ އަށް ފުރިހަމަ ކާމިޔާބީ އަށް އެދެން.