ހުޅުމާލެ ނެރު ކައިރިން މިރޭ ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގައިިފި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލެ ނެރު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ އެކްސިޑެންޓުގައި ދެ މީހުންނަށް އަނިޔާވި ކަމަށާއި އެއީ އެ ތަނުން އެއް ލޯންޗުގައި ތިބި ދެ ފިރިހެނުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއްނުކުރެ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ދިވެހި ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުމަށް ލުޔެއް
އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ މިމަހު 31ގައި
ޑޮލަރުގެ ދަތިކަން ބޮޑުވީ 500 މިލިއަންގެ ސުކޫކު ދެއްކުމުން: ޒަރީރު
