97 ވަނަ އޮސްކާ އެވޯޑްސް ކައިރިވަމުން އަންނައިރު އެ އެވޯޑްސް އާއްމުކޮށް ހުށައަޅައިދޭ ޖިމީ ކިމެލް ވަނީ މިފަހަރު އެ ޝޯއަށް ނޫނެކޭ ބުނެފަ އެވެ.
އެއާއެކު އަންނަ އަހަރުގެ އޮސްކާ ހުށައަޅައިދޭނެ ފަރާތަކާމެދު އިނގިރޭސި މީޑިއާގައި ބަހުސެއް ފެށުނެވެ. އެގޮތުން އެ ޝޯ ހުށައަޅައިދޭނެ ކަމަށް އަޑު ފެތުރުނު ތަރިންގެ ތެރޭގައި ރަޔާން ރެނޯލްޑްސް ވެސް ހިމެނެ އެވެ.
އެހެން ނަމަވެސް އެންމެ ފަހުން މިހާރު މިވަނީ 2025 ވަނަ އަހަރުގެ އޮސްކާ އެވޯޑްސް ހުށައަޅައިދޭނެ ފަރާތެއް ޔަގީންވެފަ އެވެ. އެއީ މަޝްހޫރު ކޮމީޑިއަން ކޮނަން އޮ ބްރިއަން އެވެ.
މާޗު ބާއްވަން ހަމަޖެހިފައިވާ އޮސްކާ އެވޯޑްސް ވެގެންދާނީ ކޮނަން އެ އެވޯޑްސް ހުށައަޅައިދޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ ގިނަ ޓީވީ ޝޯތަކެއް ހުށައަޅައިދީފަ އެވެ.
ކޮނަން އޮސްކާގެ މައިކުގައި ހިފަން ހަމަޖެހިފައި މިވަނީ ފާއިތުވި ދެ އަހަރު އެ ރޯލު އަދާކުރި ޖިމީ އެކަމަށް ނޫނެކޭ ބުނުމުންނެވެ. ފާއިތުވި ދެ އަހަރާއެކު ޖުމްލަ ހަތަރު ފަހަރަކު ޖިމީ އޮސްކާ ހުށައަޅައިދިނެވެ.
ޖިމީގެ ހުށައެޅުން އާއްމުންގެ ގިނަ ބަޔަކަށް ކަމުދާއިރު ކޮނަންގެ ޕެރެޒެންޓް ކުރުމުގެ ސްޓައިލްގެ ގޮތުން ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
އެންމެ ބޮޑު ޤުރުއާން މުބާރާތުގެ 4 ވަނަ ދިވެހި ދަރިވަރަކަށް
އައިސީސީއަށް ފިޔަވަޅު އެޅުމުން އދ. އިން ކަންބޮޑުވުން ފާޅުކޮށްފި
ގަދަ ހޫނުގެ ސަބަބުން ފްރާންސްގައި 7،000 އަށްވުރެ ގިނަ މަރު