މިއަދު މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު މުޅި ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 153 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 132 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 13 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވްވި ދެ މީހަކާއި ސަފާރީ އުޅަނދަކުން ޕޮޒިޓިވްވި ތިން މީހެއްގެ އިތުރުން ރިސޯޓެއްގެ ގޮތުގައި ތައްރައްގީ ކުރާ ރަށްތަކުން ތިން މީހެކެވެ.

މިއަދުގެ 153 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 21،819 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،406 ގައި މިހާރު ހުރިއިރު 19،342 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިއަދު މާލެއިން ވެކްސިން ދިނުން ކުރިއަަށް ގެންގޮސްފައެއް ނުވެއެވެ. އަތޮޅުތަކުން ޖުމްލަ 1،775 މީހަކަށް މިއަދު ވެކްސިން ދީފައިވެ އެވެ.