ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިން މައްސަލައާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް އަމުރުކުރައްވައިފި އެވެ.
ގޯތި މައްސަލަ ފެންމަތިވެފައި މިވަނީ އިއްޔެގެ ވަގުތެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެއަށް ބިންވެރިޔާ ސްކީމުގެ ދަށުން ގޮތި ލިބިފައިވާކަމަށް ބުނާ ސައްހަނޫން އެގްރީމެންޓަކާއި އެ ގޯތީގައި ވަށާފާރު ރޭނުމަށް އެޗްޑީސީއާއެކު ކޮށްފައިވާ މުވާމަލާތްތަކާއެކު، ހުރި ލިޔެކިޔުންތަކެއް ސޯޝަލް މީޑިއާގައި ލީކްކޮށްލުމާއި ގުޅިގެންނެވެ.
މިހާރު ފަޒުލް އާއި އޭނާގެ ބޭބެ، އެމްޑަބިލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދުވެސް ވަނީ މަގާމުން ސަސްޕެންޑްކޮށްފަ އެވެ.
ތެލުގެ އަގު ދަށަށް ގޮސް، ފީފާއެއް 75 ޑޮލަރަށްވުރެ ތިރިވެއްޖެ
ހައްޖު ކޯޕަރޭޝަނުން ޝަކީލް އިސްތިއުފާ ދެއްވައިފި
ބޯންމެރޯ ހަދަން ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދީފި