ބޮލީވުޑްގެ މަޝްހޫރު ތަރި އަރުޖުން ކަޕޫރުގެ މެނޭޖަރުގެ ނަމުގައި އޮންލައިން ސްކޭމެއް ހިންގަމުން ދާތީ ސަމާލުވުމަށް އޭނާ އެދެފި އެވެ.
އަރުޖުންގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ބަޔާނެއްގައި ބުނެފައިވަނީ އޭނާގެ މެނޭޖަރަށް ހެދިގެން ބަޔަކު އާއްމުންގެ ޒާތީ މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ. އަދި ގޮތް ނޭނގޭ އެކައުންޓަކުން އޭނާގެ މެނޭޖަރަށް ވެގެން އަރުޖުންއާ ބައްދަލު ކުރުމުގެ ފުރުސަތު ހުށައަޅަމުން އަންނަ ކަން ފާހަގަވެފައިވާ ކަމަށް އަރުޖުން ބުންޏެެވެ.
"އަހަރެން ނުވަތަ އަހަރެންގެ މުވައްޒަފަކު ވެސް އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ހޯދާކަށް ނާހާނެ،" އެ ބަޔާނުގައި އަރުޖުން ބުނެފައިވެ އެވެ.
އެހެން ކަމުން އެފަދަ މަކަރުވެރި ސްކީމުތައް ހިންގާ މީހުންގެ މަޅީގައި ނުޖެހުމަށް އަރުޖުން ވަނީ އޭނާގެ ސަޕޯޓަރުންގެ ކިބައިން އެދިފަ އެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް އަންގައި ރިޕޯޓު ކުރަން ވެސް އަރުޖުންގެ ބަޔާނުގައި އެދިފައިވެ އެވެ.
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
އޭޝިއާ ސަރަހައްދުގައި ސައިބާ ކުށްތައް އިންތިހާއަށް އިތުރުވަނީ
"ދިލް ތޯ ޕާގަލް ހޭ"އަށް ގިނަ ބަތަލާއިން ނޫނެކޭ ބުނީ ކީއްވެ؟