ރާއްޖެއިން މެލޭޝިއާ އަށް ފުރަތަމަ ޑިފެންސް އެޑްވައިޒަރެއްގެ ގޮތުގައި ކާނަލް އަބްދުއްރައޫފް މިއަދު ހަމަޖައްސައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެ މަގާމުގެ މަސްއޫލިއްޔަތަކީ ދެ ގައުމުގެ އަސްކަރިއްޔާގެ ގުޅުން ބަދަހިކޮށް، ދިވެހި ސިފައިންނަށް އެ ގައުމުން ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ ކާނަލް ރައޫފް އެމަގާމަށް އައްޔަން ކުރުމުގެ ސަބަބުން ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް، މެލޭޝިއާގެ އަސްކަރިއްޔާ އިން، ދިވެހި ސިފައިންނަށް ލިބުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
މެލޭޝިއާގެ އިތުރުން އިންޑިއާ، ސްރީ ލަންކާ އަދި ޕާކިސްތާނުގައި ރާއްޖޭގެ ޑިފެންސް އެޓާޗޭން މިވަގުތު އެބަތިއްބެވި އެވެ.
ރާއްޖޭގެ ފަރާތުން ފުރަތަމަ ޑިފެންސް އެޓާޗޭއަކަށް ބޭފުޅަކު ހަމަޖައްސާފައި ވަނީ އިންޑިއާ އަށެވެ.
ކެންސަރުގެ ނުރައްކާ ބޮޑުކޮށްދޭ މި އާދަތަކަށް ސަމާލުވޭ!
ބީއެމްއެލް އިން ކޮންމެ ހިއްސާއަކަށް ބޯނަސް ދެ ހިއްސާ
ހުޅުމާލޭގެ ގޯތިތައް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފި

ނޫސް ލިޔާ މީހުންގެ ކޮންމެވެސް ފެންވަރެއް ހުންނަން ވާނެދޯ. ޑިފެންސް އެޑްވައިޒަރ އެއްނޫން ޑިފެންސް އެޓާރޗޭ. އެމްބަސީގަ ތިބޭނީ އެޑްވައިޒަރުންނެއް ނޫން. އެމްބަސީ ނޫނީ ހައިކޮމިޝަންގަ ހުންނަވާނީ އެމަބެސެޑަރ ނުވަތަ ހައިކޮމިޝަނަރ ދެން މިނިސްޓަރ ދެން މިނިސްޓަރ ކައުންސެލަރ ދެން ދެން ކައުންސެލަރ ދެން ފަސްޓް ސެކްރެޓަރީ ދެން ސެކަންޑް ސެކްރެޓަރީ ދެން ތާރޑް ސެކްރެޓަރީ ދެން އެޓާރޗޭ ދެން އެސިސްޓަންޓް އެޓާރޗޭ. އެޓާރޗޭ އެއީ އޮފިސަރ ލެވެލް މަގާމެއް