ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ނެގި ސާމްޕަލްތަކުން އިތުރު 81 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 52 މީހެކެވެ. އަދި އަތޮޅު ތެރެއިން 22 މީހަކާއި ރިސޯޓްތަކުން ހަތް މީހަކު ޕޮޒިޓިވްވި އެވެ.

މިއަދުގެ 81 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 22،373 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،404 ގައި މިހާރު ހުރިއިރު 19،897 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިއަދު ވެސް މާލެއިން ވެކްސިން ދިނުން ކުރިއަަށް ގެންގޮސްފައެއް ނުވެއެވެ. އަތޮޅުތަކުން ޖުމްލަ 599 މީހަކަށް މިއަދު ވެކްސިން ދީފައިވެ އެވެ.