ހުޅުމާލެ ފޭސް ދެ އެއްގައި ހަދާފައިވާ ހިޔާގެ ޓަވަރު ތިނެއްގެ ދެވަނަ ފަންގިފިލާއިން މީހަކު ވެޓިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ މީހަކު ވެއްޓުނު މައްސަލަ މިއަދު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ވެއްޓި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލު ފުލުހުން ހިއްސާކޮށްފައި ނުވެ އެވެ.
ފުލުހުން ގެންދަނީ އެ މަސައްލަ ތަހުގީގު ކުރަމުންނެވެ.
ޑިސެމްބަރު 13 ވަނަ ދުވަހުވެސް ހިޔާ ފްލެޓްގެ އެޗް5 ޓަވަރުން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ވެއްޓި ވަނީ މަރުވެފަ އެވެ.
ކުޅުދުއްފުށީ ޕެރޭޑުން ފެނުނީ އެ މީހުންގެ ކުޅަދާނަކަން: ޖަމީލް
ވަރުންގެ "ޗުނަރި ޗުނަރި" ބެލުންތެރިންނަށް ކަމަކު ނުދިޔަ!
ފުވައްމުލަކުގައި ހިންގި "ޑްރަގް ކެފޭ"އެއް ބަންދުކޮށްފި