ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޒީނާޒު އަދުނާން މަގާމުން ވަކިކޮށް ސްޓޭޓް މިނިސްޓަރު މުއާޒު ހަލީމު އެ މަގާމަށް މިއަދު އައްޔަނުކޮށްފި އެވެ.
ޒީނާޒު ވަކިކޮށްފައި މިވަނީ ޕީއެންސީގެ ވަގު ފޯމުތަކެއްގެ މައްސަލަ ފެންމަތިވެފައިވަނިކޮށެވެ.
ކުރިން ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި ޒީނާޒު ޕީއެންސީގެ އެސްޖީގެ މަގާމަށް ހަމަޖެއްސީ މިދިޔަ އަހަރު މެއި މަހުގެ 24 ގަ އެވެ.
ޕީއެންސީން މެންބަރުން އިތުރު ކުރުމަށް ކެމްޕޭނެއް މިދިޔަ އަހަރުގެ ފަހުކޮޅު ހިންގާފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ނޭނގި އެ ޕާޓީއަށް ވައްދާފައިވާކަމުގެ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން އިދިކޮޅު މަޖިލިސް މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)ގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ އެތައް ބަޔަކު އެ ޕާޓީއަށް ބަދަލުކޮށްފައިވެ އެވެ.
"އެވެންޖާސް: ޑޫމްސްޑޭ"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި
ހޮރްމޫޒް ކަނޑުއޮޅި އުޅަނދުފަހަރަށް ހުޅުވާލަން އީރާނުން ނިންމައިފި
ޓައިމްސްގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރަންބީރު!