ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ނެގި ސާމްޕަލްތަކުން އިތުރު 140 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 102 މީހެކެވެ. އަދި އަތޮޅު ތެރެއިން 17 މީހަކާއި ރިސޯޓްތަކުން 14 މީހަކާއި ސަފާރީތަކުން ހަ މީހަކާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށަކުން ޕޮޒިޓިވްވި މީހެކެވެ.

މިއަދުގެ 140 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 22،513 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،436 ގައި މިހާރު ހުރިއިރު 20،004 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިއަދު ވެސް މާލެއިން ވެކްސިން ދިނުން ކުރިއަަށް ގެންގޮސްފައެއް ނުވެއެވެ. އަތޮޅުތަކުން ޖުމްލަ 267 މީހަކަށް މިއަދު ވެކްސިން ދީފައިވެ އެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން އަލުން މާދަމާ މާލެ ސަރަހައްދުގައި ފެށުމަށް ވަނީ ނިންމާފަ އެވެ.