ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުންން ނާހިލް އަހްމަދު ސިއްދީގް އިސްތިއުފާދީފި އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރި އުމުރުން 25 އަހަރުގެ ނާހިލް އެ މަގާމުން އިސްތިއުފާ ދިނީ މަގާމާ ހަވާލުވިތާ ތިން މަސްދުވަސް ނުވަނީހެވެ.
"ހުރިހާ" އާ ވާހަކަދެއްކި އެފްއޭއެމްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ނާހިލްގެ އިސްތިއުފާ ސިޓީ ލިބިފައިވާ ކަމަށާއި އަދި އޭނާ އިސްތިއުފާ ދީފައިވާކަން، ފީފާ އަށް ވެސް މިހާރު އަންގާފައިވާނެ ކަމަށެވެ.
ޖީއެސްގެ މަގާމަށް ދިއުމުގެ ކުރިން ނާހިލް ހުރީ ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމުގަ އެވެ. އޭގެ ކުރިން އޭނާ ވަނީ އެފްއޭއެމްގެ އެކި މަގާމުތައް އަދާކޮށްފަ އެވެ.
މީގެ ކުރިން ޒުވާން ގައުމީ ފުޓުބޯޅަ ޓީމުގައިވެސް ކުޅެފައިވާ ނާހިލް ވަނީ ކުރިން އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭނާ އެ މަގާމުން ވަކިވީ މިއަހަރުގެ ކުރީކޮޅު އެވެ.
ގައުމީ 16 އަހަރުން ދަށުގެ ޓީމާއި އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ޗައިނާގައި މެޗުތައް ކުޅުނުއިރު، ރާއްޖެ ޓީމުގެ ހެޑް އޮފް ޑެލިގޭޝަނުގެ ގޮތުގައި ނާހިލް ވަނީ މަސައްކަތްކޮށްފަ އެވެ.
އެފްއޭއެމްގެ ރަސްމީ ވަޒީފާއަށް ޖެނުއަރީ 2022 ގައި ވަނުމުގެ ކުރިން އޭނާ ވަނީ އިންޓާންޝިޕް މަރުހަލާއެއްގައި އެ އެސޯސިއޭޝަނުގައި މީގެކުރިން މަސައްކަތްކޮށްފަ އެވެ. އެއީ ފެބްރުއަރީ 2017 ގަ އެވެ.
އަވަހަށް އެހެންމީހަކުލައްވާ. ބައިވަރު މީހުން އެބަތިބި ތިޔާ މަގާމަށް ފޫގަޅައިފަ
ރިޕްލައި