ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއަށް ހާއްސަކޮށް އެ ޕާޓީގެ އޮފީހުގައި ގާއިމްކޮށްފައިވާ ކެބިންގެ ތަޅު ބަދަލުކޮށްފި އެވެ.
ޕީއެންސީގެ އިސް ބޭފުޅަކު "ހުރިހާ"އަށް ވިދާޅުވީ އެ ކެބިންގެ ތަޅު ބަދަލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް އޭނާއަށް އެ ކެނބިން ބޭނުންނުކުރެވޭ ގޮތް ހެދުމަށް ކަމަށެވެ.
ޕީއެންސީގެ އޮފީސް ހުންނަނީ މ. ސީޓްރެކް ބިލްޑިންގަ އެވެ. އެއީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫންގެ ބޮޑުބޭބެ އިލްޔާސް އިބްރާހީމްގެ އިމާރާތެކެވެ.
ރައީސް މުއިއްޒު މިހާރު ވަނީ ސިޔާސީ ކަންކަމުން އަބްދުއްރަހީމް އެކަހެރިކޮށް އޭނާގެ ލަފާ ހޯދުން ހުއްޓާލާ ފައެވެ. ސިޔާސީ ކަންކަމުގައި ރައީސް މުއިއްޒު މިހާރު ލަފާ ހޯއްދަވަނީ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށްވާ ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ ފަރާތުންނެވެ.
ރައީސް މުއިއްޒާއި އަބްދުއްރަހީމްގެ ގުޅުން ގޯސްވެ ދާދިފަހުން ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުން އޭނާގެ ދަރިކަލުން އިބްރާހީމް ފައިސަލް ވަކިކޮށްފަ އެވެ.
އެކަމާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ މިނިސްޓަރުކަމުން ވަކިކުރުމުން ފައިސަލް ދެން ސަރުކާރާއެކު ނުހުންނަވާނެ ކަމަށެވެ.
ޕީއެންސީގެ އޮފީހުގައި ހުރި އަދުރޭގެ ކެބިންގެ ތަޅު ބަދަލުކޮށް ޕާޓީއިން މުޅިން އެއް ފަރާތްކޮށްފައިވާއިރު، އަދުރޭއާ ގާތް ގުޅުން އޮންނަ ގިނަ ބަޔަކު ސަރުކާރު މަގާމުތަކުން ވެސް ދަނީ ވަކިކުރަމުންނެވެ.
އޭސާއާޔާ އެސާގަޔާ
ރިޕްލައި