ހޮސްޕިޓަލަކުން ބަލިމީހެއްގެ އެކްސް-ރޭ ލީކްކޮށްލި ކަމަށް ބުނާ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.
މީހެއްގެ ހަށިގަނޑު ތެރޭ ބޮޑީ ސްޕްރޭ ފުޅިއެއް ފެންނަން އޮތް އެކްސް-ރޭ ފޮޓޯއެއް ސޯޝަލް މީޑިއާގައި އިއްޔެއިން ފެށިގެން ދަނީ ދައުރު ކުރަމުންނެވެ. މިއާއެކު ގިނަ ބައެއްގެ ސަމާލު ކަމަށް އެކަން އައިސްފައިވަނިކޮށް އެކްސްރޭ ފޮޓޯ ލީކްކޮށްލީ ހޮސްޕިޓަލުން ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.
މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީން އެކަން ބަލަމުންދާ އިރު، އެކަމަށް ޖަވާބުދާރީވުމަށް ހޮސްޕިޓަލަށް އަންގާފައިވާ ކަމަށް ހެލްތުގެ އޮފިސަރަކު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެކަން ކުރީ ކޮން ހޮސްޕިޓަލަކުން ކަން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
"ހުރިހާ"އަށް އެނގިފައިވާ އެ އެކްސްރޭ ލީކްކޮށްލީ ހުޅުމާލެ ހޮސްޕިޓަލުންނެވެ.
ޑްރަގްގެ ބޮޑު މައްސަލާގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފި
މާބަނޑު ދުވަސްވަރު މަސް ކާނަމަ ދަރިންގެ ވިސްނުން ތޫނުވޭ!
ސަމާހުގެ ލީކުވި އޯޑިގައި ބުނާ އަޒުހަދު މަގާމުން ދުރުކޮށްފި