ރައީސް މުހައްމަދު މުއިއްޒު އެންޓި- ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރަން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަން މިއަދު ބަދަލުކުރައްވައިފި އެވެ.
އެ މަގާމަށް އައްޔަން ކުރުމަށް ރައީސް ފުރަތަމަ ފޮނުއްވާފައި ވަނީ އެ ކޮމިޝަންގެ މެންބަރު އަހުމަދު ނާޝިދުގެ ނަމެވެ.
އިއްޔެ އިއުލާންކުރި ނަން ބަދަލުކުރައްވައި ރައީސް މިއަދު ފޮނުއްވީ ކޮމިޝަންގެ މެންބަރު އަބްދުﷲ ނާޝިދުގެ ނަމެވެ. ރައީސް ފޮނުއްވި ނަން ބަދަލު ކުރެއްވި ސަބަބު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ހާމަކުރައްވާފައެއް ނުވެ އެވެ.
އޭސީސީ އާއި އިލެކްޝަން ކޮމިޝަނަށް ވެރިން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީފައި ވަނީ މިދިޔަ ނޮވެމްބަރު މަހު އެ ދެ ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނެސްގެނެވެ.
އޭސީސީގެ ނައިބު ރައީސްގެ މަގާމް ހުސްވީ އެ މަގާމުގައި ހުންނެވި އަބްދުއްސަލާމް އަދި ކޮމިޝަންގެ މެމްބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު ދެ މެންބަރުންގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން މަޖިލީހުން ތައްޔާރުވެފައި ވަނިކޮށް އިސްތިއުފާ ދެއްވުމުންނެވެ.

އަނބިމީހާ މަރާލުމުގެ ތުހުމަތުވާ މާވިން އިސްލާމްވެއްޖެ
ރޯދަ ސިއްހަތު: ކަދުރުގެ ސިއްހީ އަޖާއިބުތައް!
"ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ތަންފީޒުކުރަނީ މި ސަރުކާރުން"