ރައްޖޭގެ ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދު ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ.
އުމުރުން 59 އަހަރުގައި މެޒޯ މުހައްމަދު ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށެވެ.
އޭނާ އަކީ ރާއްޖޭގައި އުފެދުނު މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ.
މެޒޯ މުހައްމަދަކީ ލަވަކިޔުންތެރިއެއްގެ އިތުރުން ހުނަރުވެރި މިއުޒީޝަނެކެވެ. އޭނާ ލަވަކިޔުމުގެ ދާއިރާއަށް ވަނީ އުމުރުން 11 އަހަރުގަ އެވެ. އެއީ 1977 ވަނަ އަހަރެވެ.
އޭނާ އަކީ އެތައް ބަޔަކަށް ރީތި ގިނަ ލަވަތަކެއް ކިޔާފައިވާ މީހެކެވެ.
މެޒޯ މުހައްމަދު މިއުޒިކުގެ ދާއިރާގައި ކުރި ހިދުމަތުގެ އަގު ވަޒަންކޮށް 2010، ވަނަ އަހަރު މިއުޒިކުގެ ދާއިރާއިން އޭނާއަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ސަރުކާރުން ދީފައިވެއެވެ.
ޔުކްރޭންގެ ނޫޑްލްސް އަކުން ޔޫރަޕްގައި ސަލްމޮނެއްލާ ފެތުރެނީ
ހަނިމާދުއަށް ބައިނަލްއަގުވާމީ ފްލައިޓްތަކަށް ޖެއްސޭނެ: ފައްޔާޒު
ރާއްޖެއަށް އެކްސްޕޯޓުކުރާ ތެލުން ނަގާ ޓެކުހެއް މައާފުކޮށްފި
