ހޮލީވުޑްގެ ތަރި ބްރެޑް ޕިޓްއާއެކު ކުރި ކައިވެނި ރޫޅުމަށްފަހު އެންޖެލީނާ ޖޯލީ އޭނާގެ ކުރީގެ ފިރިމީހާ ޖޮނީ ލީ މިލާއާ އަލުން ގުޅިފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އެންޖެލީނާ ވަނީ އޭނާއާއި ޖޮނީއާ ދެމެދު މިހާރު އޮތް ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
އެ އިންޓަވިއުގައި އެންޖެލީނާ ބުނެފައިވަނީ އޭނާއާއި ޖޮނީއާ ދެމެދު އޮންނަ ގުޅުން ވަރަށް ރަނގަޅު ކަމަށާއި އެހެންވެ އޭނާ ވަރަށް އުފާވާ ކަމަށެވެ.
"އަހަރުމެންގެ ދަރިންނަކީ ވެސް ގާތްގަނޑަކަށް އެއް އުމުރެއްގެ ކުދިން. އެހެންވީމަ ވާހަކަ ދައްކާނެ ކަންކަން ހުރޭ،" އެންޖެލީނާ ބުނެފައިވެ އެވެ.
އެންޖެލީނާއާއި ޖޮނީ ކައިވެނި ކޮށްގެން އުޅުނީ 1996 އަކުން 1999 އަށެވެ. ބްރެޑް ޕިޓްއާއި އެންޖެލީނާ ބައްދަލުވީ އެ ކައިވެނި ރޫޅުނުތާ ގާތްގަނޑަކަށް ތިން އަހަރު ފަހުންނެވެ.
އަހަރުތަކަކަށް ދެމިގެންދިޔަ ގާނޫނީ މައްސަލަތަކަކަށްފަހު ބްރެޑްއާއި އެންޖެލީނާ ވަނީ އެމީހުންގެ ދިރިއުޅުމައިގެން ވަކިވަކިން ކުރިއަށްދާން ފަށާފަ އެވެ.
"އެމްޑީޕީއަށްވުރެ މުއިއްޒު ރަނގަޅޭ ވިދާޅުވީ ސަނާ ކިޔާކަށް ނޫން"
ބިން އަތުލެވޭ އިސްލާހާ ދެކޮޅަށް ދެހާހަށްވުރެ ގިނަ މީހުންގެ ސޮއި
އުތީމުގައި "ބޮޑުތަކުރުފާނު ދޮރޯށި" ރައީސް ހުޅުވައި ދެއްވައިފި