ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ކޯޓުތަކުގެ ގާނޫނު އިސްލާހު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް އެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ކުއްލި މައްސަލަ ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަަދުކުރުމަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.
ނަމަވެސް އެކަމާ ގުޅޭ ބިލެއް މަޖިލީހުގައި އޮތުމުން ޝަރުތު ހަމަނުވާކަމަށް ބުނެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިއަދު މެންބަރު މީކާއީލް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފަ އެވެ.
ސުޕްރީމު ކޯޓުގެ ބެންޗުގެ ފަނޑިޔާެރުންގެ އަދަދު މަދަދު މަދުކުރަން ބިލެއް ސަރުކާރުން ހުށަހަޅާފައި މިވަނީ މެންބަރުން ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ މަޖިލީހުގެ މެންބަރުކަމުން ވަކިވާ ގޮތަށް ގާނޫނު އަސާސީއަށް ޕީއެންސީއިން ގެނައި އިސްލާހުގެ ސައްހަކަމާ ގުޅޭގޮތުން ސުޕްރިމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އެ ކޯޓުން މައްސަލަ ބަލައިގެންފައިވާ ދަނޑިވަޅެއް ގައެވެ.