އިންޑިއާގެ ޓީވީ ސީރީޒްތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަލީ ގޯނީ އުމްރާގެ އަޅުކަން އަދާކުރަން ސައޫދީ އަރަބިއާއަށް ގޮސްފި އެވެ.

އަލީ އުމްރާއަށް ދިޔަކަން ހާމަކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި މައްކާގައި ނަގާފައިވާ ފޮޓޯތަކަކާއެކު މާތް ﷲގެ ދައުވަތު ލިބިއްޖެ ކަމަށް ބުނެފައިވެ އެވެ.

އެ ފޮޓޯތަކުގައި އަލީ ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި ކަޅު ޖިންސެއް ލައިގެންނެވެ. ބޮލުގައި ސައޫދީ އަރަބިއާގެ މަޝްހޫރު ބޮލު ފޮތިކޮޅު އޮޅާފައި އޮތެވެ.

https://www.instagram.com/p/DG206bDgHCG/?img_index=3&igsh=MWl6eHZodTBjM2R2bA==

މިއީ އަލީ އުމްރާއަށް ދިޔަ ފުރަތަމަ ފަހަރު ނޫންކަން ފާހަގަ ކޮށްލެވެ އެވެ. އެގޮތުން ފާއިތުވި ދެ އަހަރުގެ ރަމަޟާން މަހު ވެސް އަލީ ވަނީ އުމްރާގެ އަޅުކަން އަދާކޮށްފަ އެވެ.

އެހެން ކަމުން ކަޝްމީރަށް އުފަން އަލީ ފާހަގަ ކުރެވެނީ އަޅުކަމުގައި އެންމެ ބޮޑަށް ހަރަކާތްތެރި އިންޑިއާގެ އެއް އެކްޓަރުގެ ގޮތުގަ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު އަލީ އެންމެ ގިނަ މީހުންގެ ސަމާލުކަން ހޯދާފައިވަނީ ސްޓާ ޕްލަސްއިން ދެއްކި "ޔޭ ހޭ މޮހައްބަތޭން"ގައި އޭނާ ދައްކުވައިދިން ރޯމީގެ ރޯލުންނެވެ.