މިއަހަރުގެ "ރޯދަ މަލާފަތް" ސެގްމެންޓްގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ ދިވެހިންގެ ރަހަތަކާ ގުޅޭ ދިވެހި ކެއުންތައް ކިޔުންތެރިންނަށް ގެނެސްދިނުމަށެވެ.

މިއަދު މި ގެނެސްދެނީ ރިހާކުރަށް ލޯބިކުރާ ފަރާތްތަކަށް ކަމުދާނެ ކެއުމެކެވެ. މިއީ ވަރަށް އާއްމު ބާވަތްތަކުން ތައްޔާރު ކުރެވޭ ވަރަށް ފަސޭހަ ކެއުމެކެވެ.

ބޭނުންވާ ތަކެތި

  • 1 ޖޯޑު ހަނޑޫ ފުށް (ހިމުންކޮށް ފުނޑާފައި)
  • 1/2 ޖޯޑު ގޮދަން ފުށް
  • 1/2 ޖޯޑު ރިހާކުރު
  • 1/2 ޖޯޑު ހުނި
  • 1/2 ޖޯޑު މުރަނގަ ފަތް
  • 2 ފިޔާ (ތުނިކޮށް ކޮށާފައި)
  • 1/2 ސަމުސާ ދިރި (މުގުރާފައި)
  • 1/2 ސަމުސާ އިނގުރު (ގާނާފައި)
  • 1/2 ސަމުސާ ލޮނުމެދު (ގާނާފައި)
  • 2 ލުނބޯ
  • 2 ކުކުޅު ބިސް
  • 3 ތޮޅި މިރުސް (ކޮށާފައި)
  • 1 ގިތެޔޮ މިރުސް (ކޮށާފައި)
  • 2-3 ހިކަނދިފަތް
  • 1/2 ސަައިސަމުސާ ލޮނު

ތައްޔާރު ކުރާނެ ގޮތް

  1. އެންމެ ފުރަތަމަ ފިޔާ، މިރުސް, އިނގުރު، ހިކަނދިފަތް، ލޮނުމެދު، ލޮނު އަދި ލުނބޯ ހުތް ޖަހައި މޮޑެލާށެވެ.
  2. އެއަށް ފަހު ދިރި، ހުނި، ރިހާކުރު، އަދި ކުޑަ ރީނދޫކޮޅެއް އެއްކޮށްލައި ހަނޑުލު ފުށާއި ގޮދަން ފުށް އަޅައިގެން ރަނގަޅަށް މޮޑެލާށެވެ.
  3. ދެން ކުކުޅު ބިހާއި މުރަނގަފަތް އަޅައި ފުށްގަނޑު އެއްކޮށްލުމަށްފަހު ލޮނު ހެޔޮވަރު ކުރާށެވެ. ފުށްގަނޑު ބަހައްޓާނީ ފޮޅި ފިހެވޭ ވަރަށް މެދު މިނުގަ އެވެ.
  4. ތަވާ މަޑު ގިނީގައި ހޫނުކުރުމަށްފަހު ކުޑަ ތެޔޮފޮދެއް އުނގުޅައި އުނދުޅިއަކުން ފުށްގަނޑުގެ އެތިކޮޅެއް އަޅައި ފަހަރަކު ފޮޅިއެއް ފިހާށެވެ.