ރަމަޟާން މަހުގެ ހާރުދަމާއި ރޯދަ ވީއްލާ ގަޑީގައި ފިރިމީހާ ޝާންވާޒް ޝެއިހްއަށް ކައްކައިދިނުމަކީ ވަރަށް ކުރާހިތްވާ ކަމެއް ކަމަށް އެކްޓަރު ޑެވޮލީނާ ބެޓަޗްޖީ ބުނެފި އެވެ.
ރަމަޟާން މަހާ ބެހޭގޮތުން ވާހަކަ ދައްކަމުން ޑޮވެލީނާ ބުނީ މި މަހު ފަޖުރުން ފެށިގެން އިރުއޮއްސުމަށް ދަންދެން އޭނާގެ ފިރިމީހާ ވެސް ރޯދަ ހިފާ ކަމަށާއި އެހެން ކަމުން ފިރިމީހާއަށް ކައްކައިދިނުމަކީ އޭނާގެ އަމިއްލަ ޒިންމާއެއް ކަމަށް ދެކިގެން އެކަން ކުރާ ކަމަށެވެ.
އެއާއެކު ރަމަޟާން މަހަކީ ރޫހާނީ މައްސަރެއް ކަމަށާއި އެ މަހުގައި އެ އާއިލާގެ މީހުން އެކުގައި ގިނަ ވަގުތުތަކެއް ހޭދަކުރާ ކަމަށް ވެސް ޑެވޮލީނާ ބުންޏެވެ.
ޝާންވާޒްއަކީ މުސްލިމަކަށްވާއިރު ޑޮވެލީނާއަކީ މުސްލިމެއް ނޫނެވެ. އެހެން ކަމުން އެހެން ދީންތަކުގެ ސަގާފަތްތަކަށް އިހުތިރާމް ކުރުމުގެ މުހިއްމުކަން ވެސް ޑެވޮލީނާ ފާހަގަކުރި އެވެ.
2022 ވަނަ އަހަރު ކައިވެނިކުރި ޑޮވެލީނާއާއި ޝާންވާޒްއަށް މިދިޔަ އަހަރު ވަނީ އެމީހުންގެ އަލަތު ދަރިފުޅު ޖޯއީ ވެސް ލިބިފަ އެވެ.
ޑޮވެލީނާ އިތުރަށް ބުނީ މި ރަމަޟާން މަހުގެ ހާއްސަކަން އިތުރުވާ ކަމަކީ އެއީ އެދެމަފިރިންގެ ދަރިފުޅު ޖޯއީގެ ފުރަތަމަ ރަމަޟާން މަހަށް ވުން ކަމަށެވެ.
ދުމޭ ތައާރަފު ކުރީ ދިވެހިންނަށް ވެސް މީރު ރަހައެއް!
އުތީމުގައި "ބޮޑުތަކުރުފާނު ދޮރޯށި" ރައީސް ހުޅުވައި ދެއްވައިފި
އިޒްމީރު: ތާރީހާއި މީރު ރަހަތަކާއި ގުދުރަތީ ހިތްގައިމުކަން!