މާލެ އިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ އުމުރުން 37 އަހަރުގެ ނ. މަނަދޫ، ރީޙުއްޞަބާ، ޢަބްދުﷲ ޝިހާދު ކަމަށެވެ.
އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މާރިޗު 08 ވަނަ ދުވަހުގެ 16:51 ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ 20:05 އެހައިކަންހާއިރު ކަމަށާއި ރިޕޯޓުކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
ޢަބްދުﷲ ޝިހާދު ދިރިއުޅެނީ މާލޭގައިކަމަށާއި އޭނާގެ ފޯނަށްވެސް ނުގުޅޭ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޢަބްދުﷲ ޝިހާދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެ އެވެ.
ކަސްޓަމްސްއަށް 26 އޮފިސަރުން ހޯދަނީ
ބުރިޖުގައި އެކްސިޑެންޓެއް ހިނގައި ދަތުރުފަތުރަށް ބުރޫއަރައިފި
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި