ހުރިހާގެ ރޯދަ މަލާފަތް ސެގްމެންޓްގައި މިއަހަރު އަޅުގަނޑުމެން މި ގެނެސްދެނީ ދިވެހިންގެ އަމިއްލަވަންތަ ރަހަތަކެވެ. އިހު ދިވެހިންގެ ކެއުމުގައި ބޭނުންކުރި ބާވަތްތަކެވެ.

އެގޮތުން ފެން ފޮޅިއަކީ އަހަރުމެން މިހާރު އާއްމުކޮށް ބޭނުންކުރާ ރޮށީގެ ބަދަލުގައި ބޭނުން ކުރެވިދާނެ ކެއުމެކެވެ. ފެންފޮޅިއާއެކު ތަފާތު ވައްތަރު ތަކުގެ ރިހަތައް މީރުވާނެ އެވެ.

ބޭނުންވާ ތަކެތި

  • 1/2 ޖޯޑު ފުށް
  • 1 ޖޯޑު ފެން
  • 1 ބިސް
  • 1/2 ޖޯޑު ބޯކިރު
  • 1 މޭޒުމަތީ ސަމުސާ ތެޔޮ
  • 1 ސައިސަމުސާ ލޮނު

ތައްޔާރު ކުރާނެ ގޮތް

  1. އެންމެ ފުރަތަމަ ފުށާއި ލޮނުކޮޅު އެއްކުރުމަށްފަހު އޭގެ ތެރެއަށް ކުކުޅު ބިސް އަޅައި އެއްކޮށްލާށެވެ.
  2. ރަނގަޅަށް އެއްވުމުން ފެނާއި ތެޔޮ އަދި ބޯކިރު ކޮޅު އަޅައި ރީއްޗަށް މޮޑެލާށެވެ. އެއަށްފަހު ފުށްގަނޑުން ގަނޑު ފިލުވުމަށް ފުރާނާލާށެވެ.
  3. އުނދުން މައްޗަށް ތަވައެއް އުދައި ހޫނު ކޮށްލުމަށްފަހު ތައްޔާރުކުރި ފުށްގަނޑުން އެތިކޮޅެއް ނަގައި ވަށްކޮށް ހުންނަހެން ތަވާގައި ފަތުރާލާށެވެ.
  4. ފޮޅި ރަނގަޅަށް ފިހެވުމުން ދޭފަތަކުން ފޮޅި ނަގާށެވެ.