ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް "ދަ ކޮމަނާސް" ޖަމިއްޔާއިން ނިންމައިފި އެވެ.
މާދަމާއިން ފެށިގެން މި މަހުގެ 10 އާ ހަމައަށް، ކޮންމެ ދުވަހަކު ހަވީރު 4 އިން ރޭގަނޑު 8 އަށް ހުޅުމާލޭ ޕޮޓު ކިއޯސްކް ކެފޭގެ މަތީ ބުރީގައި އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.
އެ ޖަމިއްޔާއިން ވަނީ، އެހީ ހޯދަން ދާއިރު ޕޯޓަލް ބޭނުންކުރެވޭނެ ފޯނެއް އަދި ބޭނުންވާ ލިޔުންތައް ގެންދިއުމަށް އެ ޖަމިއްޔާއިން އެދިފައިވެ އެވެ.
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅޭނީ މި މަހުގެ 15 ގެ ނިޔަލަށެވެ. މިނިސްޓްރީން ބުނީ ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލައި، ޝަރުތު ހަމަވާކަން ސާބިތުވާނަމަ އެކަން ރަނގަޅުކޮށްދެވޭނެ ކަމަށެވެ.
ފްލެޓް ލިބޭނެކަމަށް މިހާރު ކަނޑައަޅާފައިވަނީ ތިން ކޮޓަރީގެ 1,423 ފްލެޓާއި ދެ ކޮޓަރީގެ 397 ފްލެޓް ހިމެނޭގޮތަށް ޖުމުލަ 1,820 ފަރާތަކަށެވެ.
52 އަހަރަށްފަހު ސަލްމާން ގެލެކްސީ އެޕާޓްމަންޓުން ނުކުންނަނީ؟
ކްރިޕްޓޯ އާމްދަނީގެ ގޮތުގައި ޓްރަމްޕަށް 1.4 ބިލިއަން ޑޮލަރު
