ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންއާއި އޭނާގެ އާއިލާ އެމީހުންގެ މަޝްހޫރު ގެ، "މަންނަތު" ދޫކޮށް އެހެން ގެއަކަށް ބަދަލުވެއްޖެ އެވެ.
ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި ޝާހްރުކް ޚާންއާއި އޭނާގެ އާއިލާ މަންނަތުން ނުކުމެފައިވަނީ އެ ގޭގެ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށެވެ. އެގޮތުން އެ ގޭގެ މަރާމާތު ނިންމުމަށް ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ހޭދަވާއިރު އެ މުއްދަތުގައި އެ އާއިލާ ދިރިއުޅޭނީ މުމްބާއީގެ ޕާލީ ހިލްސްގައި ހުންނަ ލަގްޒަރީ އެޕާޓްމަންޓެއްގަ އެވެ.
މިފަހުން ޝާހްރުކް ޚާންއާއި އޭނާގެ ދަރިފުޅު ސުހާނާ ޚާން އެ އެޕާޓްމަންޓް ކޮމްޕްލެކްސްއިން ނުކުންނަނިކޮށް މީިޑިއާއށް ވެސް ފެނިފައިވެ އެވެ.
ޝާހްރުކް ޚާންގެ މިލްކިއްޔާތުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ "މަންނަތު"އަކީ އެންމެ މިޒަމާނުގެ ފެންވަރަށް ތައްޔާރު އިމާރާތް ކުރެވިފައިވާ ގެއެކެވެ.
އެގޮތުން އެ ގެއަކީ މުމްބާއީއަށް ދާ ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލު، ގިނަ ބަޔަކު އެ ގެ ކައިރިއަށް ޒިއާރަތްކުރާ ގެއެއްވެސްމެ އެވެ.
އީރާނުން "ގޯސްކޮށް" އުޅޭނަމަ ބޮން އަޅާނަން: ޓްރަމްޕް
ކަނޑުއޮޅި ހުޅުވާލައި، އެމެރިކާގެ ބްލޮކޭޑް ވަގުތުން އުވާލަނީ
ޖޯޑަންގެ ކޯޗު ބުނީ ޓީމާމެދު ފަހުރުވެރިވާ ކަމަށް