ހޮލީވުޑްގެ މަޝްހޫރު ފިލްމު ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު "މިޝަން އިމްޕާސިބަލް: ދަ ފައިނަލް ރެކޮނިން"ގެ ޓްރެއިލާ އާއްމުކޮށްފި އެވެ.

މީގެ ދެތިން ދުވަސް ކުރިން ވާނަސް ބްރޯސްއިން އާއްމުންނަށް ދޫކޮށްލި އެ ޓްރެއިލާގައި ޝައުގުވެރި އެތައް ކަމެއް ފެނިގެންދާއިރު ފްރެންޗައިޒްގެ ކުރީގެ ފިލްމުތަކުގެ މަންޒަރުތައް ވެސް ފެނިގެންދެ އެވެ.

އެގޮތުން އެ ޓްރެއިލާގައި މީގެ ކުރިން ފިލްމުގެ ލީޑު ކެރެކްޓަރު އީތަން ހަންޓް (ޓޮމް ކްރޫޒް) ފުރިހަމަކޮށްފައިވާ ތަފާތު އެކި މިޝަންތަކަށް އަލިއަޅުވާލާފައިވެ އެވެ.

https://www.instagram.com/reel/DIJWIoopDRZ/?utm_source=ig_embed&ig_rid=dd4f4fdf-9030-4f8f-87a3-a5e4cbc9bbf9

އެއާއެކު އެ އީތަންގެ ޓީމުން އެމީހުންގެ އެންމެ ފަހު މިޝަންއާ ކުރިމަތިލާއިރު އޭނާއަށް އެންމެ ފަހު ފަހަރު އިތުބާރު ކުރަން އީތަންގެ ކެރެކްޓަރު ކުޅެދޭ ޓޮމް ކުރޫޒް އޭނާގެ ޓީމުގެ ކިބައިން އެދެ އެވެ.

މި ފިލްމުގައި ޓޮމް ކުރޫޒުގެ އިތުރުން ހޭލީ އަޓްވެލް، ވިންގް ރޭމްސް، ސައިމަން ޕެގް އަދި ވެނެސާ ކިރްބީ ވެސް މުހިއްމު ރޯލުތަކުން ފެނިގެންދާނެ އެވެ.

ކްރިސްޓޮފާ މެކުއާ ޑައިރެކްޓް ކޮށްދީފައިވާ މި ފިލްމު ސިނަމާތަކުގައި ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 23 ވަނަ ދުވަހު އެވެ.