ދިވެހިން ގިނައިން ދިރިއުޅޭ ގައުމުތަކުގައި އައިޑީކާޑު ހެދުމުގެ ހިދުމަތް ފެށުމަށް މަސައްކަތް ފަށައިފި ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ހޯމް މިނިސްޓްރީން "ސަރުކާރު" ވެބްސައިޓުގައި ޝާއިއުކުރި ޚަބަރެއްގައި ބުނެފައިވަނީ، މެލޭޝިއާ، ސްރީލަންކާ، އިންޑިއާ އަދި އިނގިރޭސިވިލާތުގައި މި ހިދުމަތް ފެށުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ތައްޔާރުވަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން، މި މަހު އިތުރު ހަތަރު ރަށެއްގައި މި ހިދުމަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ. އެ ރަށްތަކަކީ ށ. ފުނަދޫ، ށ. މިލަންދޫ، ނ. ވެލިދޫ އަދި މ. މުލި އެވެ.
މިހާރު ވެސް ޑީއެންއާރުން ވަނީ 15 ރަށެއްގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިފަ އެވެ.
އައިޑީކާޑާއި ޕާސްޕޯޓް ހެއްދުމަށް ކޮންމެ ފަހަރަކު މާލެ އަންނަން ނުޖެހޭ ގޮތް ހެދުމަކީ ރައީސް މުހައްމަދު މުއިއްޒުގެ އިންތިޚާބީ ވައުދެކެވެ.
"ހަނގުރާމަ ކުރަން އަވަހަށް އާދޭ، އަހަރެމެން މިތިބީ ތައްޔާރަށް"
ކާރިސާ ކޮމިޓީގެ މެންބަރުންގެ އަދަދު ފަހަކަށް މަދުކޮށްފި
މި ދުވަސްވަރު ކެއިންބުއިމުގައި ސަމާލުކަން ދޭންވީ ދެތިން ކަމެއް!
